April 25, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނިކުންނާނެ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Apr 20, 2025, 08:51 PM

ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނިކުންނާނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރިޔާސީ އިންތިޚާބު ބާއްވާ އުސޫލު ބަދަލުކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ އިންތިޚާބުން 50 އިންސައްތަ އަށް ވުރެ އިތުރަށް ނުލިބޭނެކަން ޔަޤީންވާތީކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ޤަބޫލުކުރައްވަންޖެހޭ ހަޤީޤަތަކީ ކުޑަކާފު ބޮޑުކާފު ނިޒާމަށް ބަދަލުކުރިޔަސް އެމަނިކުފާނުވާނީ ބަލިކަންކަމަށް މަލީހު ވިދާޅުވިއެވެ.

އަދި ޤާނޫނު އަސާސީގެ ދިފާޢުގައި ރައްޔިތުން ނިކުންނާނެކަމަށް މަލީހު ފާހަަގަ ކުރެއްވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަށް ފަހު މިހާރު އެކަމުގެ އަމަލީ ސިފަ ގެނައުމަށް މަޖިލިސް މެމްބަރުންގެ ތާއީދު ހޯދުމަށް އެމަނިކުފާނު މަސައްކަތް ފެއްޓެވިކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved