ރައްޔިތުންގެ މަޖިލިސް / -
ސިޔާސީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފި
Hussain Nawaf
ހުސައިން ނަވާފް
21 އޭޕްރީލު 2025

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.



މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައި ވާކަން މެމްބަރުންނަށް އެންގީ މެސެޖަކުންނެވެ.



ޖަލްސާ ކެންސަލް ކުރީ މިވަގުތު ތަޅުމުގައި ބިލެއް ނެތުމުގެ ސަބަބުން މަސައްކަތެއް ނެތުމުން ކަމަށް ގަބޫލުކުރެވޭ ކަމާއި އެހެންނަމަވެސް، ކޮމިޓީތަކުގައި ބިލުތަކުގެ މަސައްކަތް ކުރިއަށް ދިޔައެވެ.



މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.



ޖަލްސާ ކެންސަލްކޮށްފައި ވަނީ، ބޮޑު ބަންދަކަށް ފަހު މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލްކުރާތީ ބައެއް މެންބަރުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިދިޔަ ހަފުތާގައި މަޖިލީހުގެ ތިން ޖަލްސާއެއް ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ޖަލްސާއެއް ބާއްވާފައި ވަނީ އެންމެ ދުވަހަކުއެވެ.



ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ މި މަހު ހަތެއްގައެވެ.

އެ ދުވަހުގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. އަދި ޖެހިގެން އައި ދުވަހަށް ތާވަލު ކުރި ޖަލްސާވެސް ކެންސަލްވިކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved