 
             
        
     
             
                        ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ވިއްކަމުންދާކަމަށް ރައްޔިތުން ތުހުމަތު ކުރަން ފަށައިފިއެވެ.
ރައްޔިތުން އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު މުޅި ވެބްގައި ވިއްކަމުންދާކަމަށްވަނީ ތުހުމަތު ކޮށްފައެވެ. އަދި ކަސްޓަމަރުންނަށް އޮޅުވާލައިގެން އެއީ ރައްޔިތުންގެ ކުށެއް ކަމަށް ދައްކުވަން މަސައްކަތް ކުރާކަމަށްވެސް އެ ޕޯސްޓުތަކުގައިވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެފަދަ އެއް ޕޯސްޓުގައި އުމުރުން ދުވަސް ވީ ފަރާތެއް އެންޑްރޮއިޑް ބޭނުންކުރާއިރު ދުވަހަކުވެސް އޮންލައިންކޮށް އެއްވެސް އެއްޗެއް ގަތުމަށް ކާޑު ބޭނުންކޮށްފައެއް ނުވާކަމަށް ވެއެވެ. ނަމަވެސް އެ ޕޯސްޓުގައި ހިއްސާ ކުރި ސްކްރީންޝޮޓުން ސިންގަޕޫރުން އެކި ފަހަރުމަތިން އެކި ޓްރާންސެކްޝަންތައް ހިންގާފައިވާ މަންްޒަރު ފެނެއެވެ.
 
                    އެހެންކަމުން މިފަދަ ކަންކަމަށް ޒިންމާ ނަގާނީ މިއަދު ކޮން ބައެއްތޯ ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.
އަދި ބީއެމްއެލުން މިފަދަ މައްސަލަތައް ފެންމަތިވުން އާންމުވެފައިވާއިރު ގިނަ ރައްޔިތުންދަނީ އިސްލާމިކް ބޭންކަށް ހުރިހާ އެކައުންޓްތަކެއް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            