March 19, 2026
Advertisement
ރައްޔިތުންގެ މަޖިލިސް ތަޅުން
ރައްޔިތުންގެ މަޖިލިސް ތަޅުން / -

މެންބަރުން ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ރިޔާސަތުން މަޖިލިސް ކުރުކޮށްލައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 23, 2025, 08:01 PM

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، އެންމެ ތިން ގަޑިއިރު ތެރޭ ނިންމާލައިފި އެވެ.

މިއަދުގެ ޖަލްސާ ވެސް ގާތްގަނޑަށް ތިން ގަޑިއިރަށް ކުރިއަށް ގެންގޮސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޖަލްސާ ނިންމާލައިފައެވެ. އަދި އެއީ ގިނަ ކޮމިޓީ މަސައްކަތްތައް ހުރުމުން އެ މަސައްކަތަށް ތަން ދިނުމެވެ. ނަމަވެސް އޭރު ހިނގަމުންދިޔައީ ބަހުސްގެ މަރުހަލާ ކަމުން ގިނަ މެންބަރުންތަކެއް ތިބީ ބަހުސްކުރުމަށް ފުރުސަތަށް އެދިގެންކަން ފާހަގަ ކުރެވެއެވެ.

ރޯދަމަހުގެ ފަހު 10ގެ ޗުއްޓީ ނިންމައި އެނބުރި މަސައްކަތަށް މަޖިލިސް އައިސް މި ދެތިން ހަފުތާތެރޭ ގިނަ ޖަލްސާތައް ނުބާއްވާ ކެންސަލްކޮށްފައިވެއެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް ވަނީ މަޖިލީހުގެ ރިޔާސަތަށާއި ސަރުކާރަށް އަމާޒުވެފައެވެ.

އަދި މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންދާ އިރު މަޖިލީހުގެ އިދާރާއިން ރަސްމީ ސަބަބެއް ނާންގައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved