April 25, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

އަންހެން މީހާ ވެއްޓެން ދިމާވި ހާދިސާ ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Apr 23, 2025, 08:57 PM

ހުކުރު ދުވަހުގެ ހެނދުނު މާލޭގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ ވެއްޓެން ދިމާވި ހާދިސާ ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްެޖެ އެވެ.

Advertisement

މަލީހު މިފަދައިން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފުލުހުން ޕްރެސްއެއް ބޭއްވިކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޖަވާބު ނުލިބޭ އެތައް ސުވާލަކާއި ނަން ހާމަ ނުކުރާ ގެތަކެއް ހުރި ކަމަށް މަލީހު ވިދާޅުވި އެވެ.

އެގޮތުން ސިޔާސީ އިސްބޭފުޅުން އަދި ގުޅުން އޮތް ފަރާތްތަކެއްގެ ފަރާތުން ޤާނޫނާ ޚިލާފު އެތައް ކަމެއް ފެނިގެން ދިޔަކަމަށް މަލީހު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ފުލުހުންގެ ޕްރެސް ކޮންފަރެންސް ސިއްރު ކުރަން ނުޖެހޭނެކަމަށް އިތުރު ޕޯސްޓެއްގައި އޭނާވަނީ ފާޙަގަ ކުރައްވާފަ އެވެ.

އެގޮތުން މި މައްސަލައިގެ ތަފްސީލު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް މަލީހު ވިދާޅުވި އެވެ.

އެހެންކަމުން ން ހިނގާދިޔަގޮތް ކިޔައި ދިނުމަށް ފަހު އިންސާފު ގާއިމް ކުރުމަށް މަލީހުވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved