ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
މުޅި ގައުމު އޮތީ ހިލާލާ ދައިމަތި އަޅާފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
23 އޭޕްރީލު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމާތު މިއަދު ނުހިނގާ ކަމަށަ މުޅި ނިޒާމު އެފުށް މިފުށަށް ޖަހާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ރައީސް ޔާމީން ވަނީ ގައުމުގެ ހުރިހާކަމެއްހެން ބޮއްސުންލާފައިވާތީ އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ އިގްތިސޯދުވެސް އޮތީ ނުކިސިޔާރު ފައްތަރެއްގައި ކަމަށާ އެކަން ެވސް ރަގަލު ކުރުން އެބައޮތް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ކަމަަކަށް ގައުމުގައި މިހާރު އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމަކީ ގާނޫނީ ނިޒާމުގެ އެއްވެސް ކަމެއް ހިންގިޔަ ނުދޭ ނުދިނުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ އަސާސީ އާ ގާނޫނުތައްވެސް ހިންގިޔަ ނުދޭ ކަމަށާ ޝަރީއަތްތައް ވެސް ކުރިއަށް ގެނބްދެވުނަ ނުދީ އޭސީސީވެސް އޮޕަރޭޓުވިޔަ ނުދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން އޮތީ ހިލާ ދައިމަތި އަޅާފައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޖެހިގެން އުޅޭ ހުރިހާ ވެސް މައްސަލައެއްގެ އަސްލަކީ ގާނޫނުތައް ތަންފީޒުކުރާނެ ކްރެޑިބިލިޓީ ހުރި މީހުން ތަންތަނުގައި ނެތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު ބުރަ މަސައްކަތުން އެކުލަވާލި ގާނޫނު އަސާސީ ތަންފީޒުކުރުމަށް ކްރެޑިބަލް ކަމަށް ގާބިލު އިންޓަގްރިޓީ ހުރި މީހުން ބިނާކުރަން މިހާރު ޖެހިފައިވާ ކަމަށާ ނަމަވެސް އެއީ އުނދަގޫ މަސައްކަތެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު އޮތީ ކަރުދާހުގައި ވަރަށް ފުރިހަމައަށް ނަމަވެސް އޭގެ ބާރު ނުހިނގާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވަނީ މިއަދު އުއްތަމަ ފަނޑިޔާރު ހަނު ހުންނަވަނީ ރާއްޖޭގައި ކޮންކަމެއް ރަގަޅަށް ހިނގާތީ ކަމާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި ސުވާލު އުފެދޭކަން ހާމަކުރައްވާފައެވެ. އެކުގައި މަސައްކަތްކުރި ފަނޑިޔާރުންތަކެއް އެއްފަރާތްކޮށް މައްސަލަތައް ބެލުމުގެ ނަމުގައި ދިގު ދަންމަމުން ދިޔަ ނަމަވެސް އުއްތަމަ ފަނޑިޔާރު އަނގައިން ވިދާޅުނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ހަމަ މަގުން ނައްޓާފައިވާ ކަމަށާ އެގޮތުން އިގްތިސޯދު ރަގަޅުކޮށް ފަނޑިޔާރުގެތަކަށް ވެސް ކްރެޑިބަލް މީހުން އައްޔަންކުރަން ޖެހިފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހާރު އޮތް ނިޒާމު ހިނގާނެ ގޮތަކަށް ގައުމުގެ ކަންކަން ފަހި ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved