February 27, 2026
Advertisement
އަލީ ހުސެއިން
އަލީ ހުސެއިން / ތޭރަ އޮންލައިން

ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމް ގެނައުމުގެ ފެންވަރާއި ފަންވަރު ދައުލަތުގައި ނެތް: އަލީ ހުސައިން

Hussain Nawaf
ހުސައިން ނަވާފް
Apr 25, 2025, 03:50 PM

ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމްފަދަ އިސްލާހުތައް ގެނައުމުގެ ފެންވަރާއި ފަންވަރު މި ސަރުކާރުގައި ނެތްކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13 އިން ގެނެސްދޭ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ސަރުކާރުން އެފަދަ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަނީ ހެޔޮ ނިޔަތުގައި ނޫންކަމަށް އަލީ ފާހަގަ ކުރެއްވިއެވެ.

ހެޔޮ ނިޔަތުގައި ހަރަދުތައް ކުޑަ ކުރުމަށް އެފަދަ ބަދަލެއް ގެންނަމަ ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރާ މަންޒަރު ވެރިކަމާއި ހަވާލު ވީ ދުވަހުން ފެށިގެން ފެނިގެންދާނެކަމަށް އަލީގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ހަދަން ނުޖެހޭ ބޭރުގެ އެތައް ގައުމެއްގައި ބޭނުން ނުވާ އެމްބަސީތައް ހުރުމާއި ފޮރިން މިނިސްޓްރީއަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރުމާއި އެކު ވަޒީފާތަކަށް އިންތިހާއަށް ނަގާކަން އަލީ ފާހަގަ ކުރެއްވިއެވެ.

ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް ދިއުމަކީ އޭގެ ޒާތުގައި ރަނގަޅުކަމެއްގެ ގޮތުގައި އަލީ ސިފަ ކުރެއްވިއެވެ. ނަމަވެސް އޭގެ ކުރީން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމާއި އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން މިނިވަންވުމާއި އެކު އިންތިހާބަށް 6 މަހަށް ވެގެން ދިއުމުން އައު ޕްރޮޖެކްޓްތައް ނުފެށޭނެކަމަށްވެސް އަލީ ފާހަގަ ކުރެއްވިއެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved