April 30, 2026
Advertisement
ރައީސް މުއިއްޒުގެ މެލޭޝިއާ ދަތުރު ގިނަ ދަރިވަރުންތަކެއް ބޮއިކޮޓު ކުރުން
ރައީސް މުއިއްޒުގެ މެލޭޝިއާ ދަތުރު ގިނަ ދަރިވަރުންތަކެއް ބޮއިކޮޓު ކުރުން / ރައީސް އޮފިސް

މެލޭޝިއާގައި ކިޔަވަމުންދާ ގިނަ ދަރިވަރުން މުއިއްޒުގެ ދަތުރު ބޮއިކޮޓުކޮށްފި!

Apr 25, 2025, 11:47 PM
މާލެ ސިޓީ

މެލޭޝީއާގައި ކިޔަވަމުންދާ ގިނަ ދަރިވަރުން، ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފޅުގައި އެކުދިންނާ ބައްދަލުކުރަން ބާއްވާ ބައްދަލުވުން ބޮއިކޮޓުކޮށްފިއެވެ.

Advertisement

"ތޭރަ އޮންލައިން"އަށް މައުލޫމާތު ދެމުން އެ ގައުމުގައި ކިޔަވާ ކުއްޖަކު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ކުއްޖާ ކިޔައިދިން ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުގައި ކިޔަވާ ކުދިންނާ ބައްދަލުކުރުމަށް މެލޭޝިއާގައި ހުންނަ ދިވެހ އެމްބަސީ މެދުވެރިކޮށް ބައްދަލުވުމެއް ބާއްވަން ސަރުކާރުން ނިންމާފައިވާ ކަމަށާ ބައްދަލުވުމުގެ ދައުވަތު ދަރިވަރުންނަށް ފޮނުވުމުން އޭގެ ތެރެއިން ގިނަ ދަރިވަރުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިނުވާނެކަމާ ބައިވެރިވުން ބޮއިކޮޓުކުރާނެ ކަން އެމްބަސީއަށް އަންގާފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މެލޭޝިއާގައި ކިޔަވާ ގިނަ ދަރިވަރުން މުއިއްޒުގެ ޒިޔާރާތް ބޮއިކޮޓުކޮށްފައިވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ފްރޭމުކޮށް ބަންދުކޮށްގެން އުޅޭ ކަމަށް އެ ކުދިން ދެކޭތީއެވެ.

ރައީސް މުއިއްޒު މެލޭޝިއާ ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑު ވަޒީރު އަންބަރު އިބްރާހީމްގެ ދައުވަތަކަށް ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި ރައީސް މުއިއްޒުގެ ދަތުރާ ދިމާކޮށް ހެޔޮ އަގުގައި ޗާޓާރު ފްލައިޓެއްވެސް މެލޭޝިއާއަށް މޯލްޑިވިއަންއިން ބާއްވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved