ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދިނުމަށް މިއަދު އިފްތިތާހުކުރި ޒުވާނުންގެ ކޮމެޓީގެ މެމްވަރަކަށް ރައީސް ލިޔުން ހަވާލުކޮށްދެއްވަނީ.-- / ރައީސް އޮފިސް
ހަބަރު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން ހުރިހާ މެންބަރުންހެން އިސްތިއުފާ ދީފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 އޭޕްރީލު 2025
މާލެ ސިޓީ

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ހުރީހާ މެންބަރު ހެން އިސްތިއުފާ ދީފި އެވެ.

އެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ.

ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

މި މައްސަލާގައި ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ. ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.

މިއަދަށް މައްސަލައަށް ހަފުތާއެއްވީއިރު، މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން، "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" މެންބަރު ކަމުން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ވެސް ވަނީ އިއްޔެ އިސްތިއުފާ ދީފަ އެވެ.

ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދިން ކަން ހާމަކޮށް އިންސްޓަގްރާމްގައި ވަނީ ޒުވާނާ ވެއްޓުނު ހާދިސާގައި ފުލުހުން ހިންގަމުންދާ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ހުވައިނާ ބުނި ގޮތުގައި އެ ބޯޑުން އިސްތިއުފާ ދިނީ އެ ކަމުގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަމުން އަންނަ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ ކަމަށް ބުނެ ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ވަނީ އެ މަގާމު ދިފާއުކޮށްފަ އެވެ.

މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ނަޒާހާ ވަނީ އެ މަގާމުން ދާއޫދު ވަކިނުކޮށްފިނަމަ އޭނާ ހުރި މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފަ އެވެ.

މިއަދު ނަޒާ އިސްތިއުފާ ދީފިއްޔާ ނަޒާގެ މަގާމަށް އެހެން މީހަކު ލާނެ. ޔޫތުންނާއެކު މިހުރީ. ރިޒައިން ކުރާ ހިސާބުން އައި ކާންޓް ޑޫ އެނީތިން ފޯ ޔޫގައިޒް، ވަރަށް ވަރަށް ޕްރެޝަރު އެބައިން ބޯޑަށް ވެސް އައިސްފައި، އެންޑް އެވްރީތިންގް އިޒް ޖަސްޓިފައިބަލް. ތި އެންމެންގެ އެއްވެސް ސްޓޭޓްމަންޓަކަށް އައި ކެނޮޓް ބީ ޑިސަޕޮއިންޓެޑް. އެވްރީތިން އިޒް ޖަސްޓިފައިޑް. ބަޓް އައި ވޯންޓު ސޭ ސަމްތިން. އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިން،

- އޭނާގެ މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ބުންޏެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ، ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާއެރުވުން ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.

އޭގެއިތުރުން, ތަފާތު އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމަކީ ވެސް އެ ކޮމެޓީގެ މަގުސަދެކެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދެވުމަށް ޑިސެމްބަރު 25، 2023 ގައި ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ޒުވާނުންގެ ކޮމިޓީއެއް އުފެއްދެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި 15 މެމްބަރުން ތިބެ އެވެ. ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި ކުޅިވަރާއި އެންޖީއޯތަކާއި އެކައުންޓިން އެންޑް ފައިނޭންސް އަދި މީޑިއާގެ އިތުރުން ކޮލެޖްތައް ތަމްސީލްކުރާ ޒުވާނުން ވެސް ހިމެނެ އެވެ.

ކޮމިޓީގައި ހިމެނޭ މެމްބަރުން:

- ގައުމީ ލެވެލްގެ އެތުލީޓުންގެ ދާއިރާ: އަބްދުﷲ ސިއާއު

- ގައުމީ ލެވެލްގެ އެތްލީޓުންގެ ދާއިރާ: ރަބާބް އިބްރާހިމް އަދި އަބްދުﷲ ސިޔާއު

- ފަންނިއްޔަތާއި ފަންނުވެރިކަމުގެ ދާއިރާ: އައިޝަތު އަޝްނާ އަދި އަހުމަދު އަމްރު

- ޒުވާނުން ބާރުވެރިކުރުވާ އެންޖީއޯގެ ދާއިރާ: ފާތިމަތު ރާޔާ ޝަރީފް އަދި ނިމާލް ހަމީދު

ޔޫތު މިނިސްޓްރީން ކަނޑައަޅާ 4 ދާއިރާގެ މެމްބަރުން:

- އަބްދުﷲ މާހިލް ޝަހީމް

- މީސަމް އިބްރާހިމް

- މުހައްމަދު ރައްޔާން މާހިދު

- ހުވައިނާ މުހައްމަދު ނިހާދު

ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ތެރެއިން 3 މެމްބަރުން:

- ޖައިޝް އަލީ ވަހީދު

- ހުސެއިން އަރުބާން ފައްވާޒް

- ދަލޫފް އަހުމަދު

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved