ޔުމްނާ ވެއްޓުނު ގެ -- / ސޯޝަލް މީޑިއާ
ހަބަރު
ޔުމްނު ވެއްޓި ރާއްޖެއިން ބޭރަށް ފޮނުވައިގެން ހުރިހާ ފަރުވާއަކަށްދާ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހު އެހީގެ ބޮޑު ބައި ކަނޑާލައިފި
Hussain Nawaf
ހުސައިން ނަވާފް
26 އޭޕްރީލު 2025

އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓި ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަންޖެހޭ ހުރިހާ ފަރުވާއަކަށްދާ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހު ފަހު ވަގުތު އެހީގެ ބޮޑު ބައި ކަނޑާލިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އަދަދު ނޫހުން އެކަން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ބެލެވެއެވެ. އޭނާގެ މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވަނީ ބިނދިފައެވެ. އަދި އޭނާއަށް ފަރުވާދެނީ އައިސީޔޫގައި ބާއްވައިގެންނެވެ.

ދަތުރު ކުރުމުގެ ހުއްދަ ޑޮކްޓަރުންގެ ފަރާތުން ލިބުމާއެކު އާއިލާއިން ބޭނުންވީ ޔުމްނު މެލޭޝިޔާއަށް ފުރުވާއިލާށެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން އާއިލާ ކައިރީ ބުންޏެވެ.

ފުރުން މިރެޔަށް ހަމަޖެހިފައިވާއިރު ސަރުކާރުން މިހާރު ބުނަނީ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް ނިޒާމު ހަމަޖެހިފައިނުވާ ކަމަށް އާއިލާ އާއި ހަވާލާދީ އަދަދުގައިވަނީ ރިޕޯޓު ކޮށްފައެވެ.

މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމުން އެނގޭ ގޮތުގައި ޔުމްނު ފުރަތަމަ ހަދަންޖެހޭ ސާޖަރީތަކަށް އެކަނި ވެސް 57،000 އަށް ވުރެ ގިނަ ޑޮލަރު އަރައެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ. ހޮސްޕިޓަލުން ބުނީ އެތަނުގައި ޔުމްނު އެޑްމިޓު ކުރެވޭނީ 45،724 ޑޮލަރު ދެއްކުމުން ކަމަށެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 705،064ރ. އެވެ.

ނަމަވެސް ސަރުކާރުން ފައިސާ ޖަމާ ކުރިއިރު އާއިލާއަށް ލިބުނީ 385،500ރ. ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved