

ޓްރާންސްޕޯޓު މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން އިސްތިއުފާދެއްވުމުން ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ބަލައިނުގަތްކަމަށް މައުލޫމާާތު ލިބިއްޖެއެވެ.
މިކަން ރައީސްް އޮފީހުގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މެއިލްއިން ފޮނުވުމަށް ފަހު ރައީސްއަށް ވަޓްސްއަޕް އިންވެސް ފޮނުވާފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އަދި މަޑުކުރަން އަމީންއަށް އަންގަވާފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އަމީންގެ ބަހެއް ހޯދާލަން މެސެޖުކުރުމުން ވަކި ޖަވާބެއް އަަދި ދެއްވާފައި ނުވެއެވެ
ރައީސްގާނޫނު މުއިއްޒު އަމީންއަށް މަޑުކުރަން އެންގި ނަމަވެސް ގާނޫނުސީގެ އަސާސީގެ 139 ވަނަ މާއްދާގައި ވާ ގޮތުން ނަމަ އަމީން މިހާރު އެ ހުރީ މަގާމުން ވަކިވެފައެވެ.
139 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވަަޒީރުންގެ މަޖިލީހުގެ މެމްބަރަކު އިސްތިއުފާދޭން ބޭނުން ނަމަ އެކަން ބަޔާންކޮށް އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ ވަޒީރަކު މަގާމުން ވަކި ވާނެއެވެ.
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ޔުމްނު ފެނުނީ މި މަހުގެ 18ވަނަ ދުވަހު ހެނދުނެވެ. އެ ކަން ފުލުހަށް އެންގީ ވެސް އާންމުންގެ މީހެކެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާއެއް ފަށައިފައެވެ. އެ މީހުން ޑިމާންޑު ކުރަނީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އިންސާފު ގާއިމްކޮށްދިނުމާއި، އިހުމާލުވީ ކަމަށް ތުހުމަތުވާ ސަރުކާރުގެ ސިޔާސީ މީހުން މަގާމުން އިސްތިއުފާ ދިނުމަށެވެ.
އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނެއެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފައެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.