ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިން / ރޮއިޓަރސް
ދުނިޔެ
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ފަލަސްތީނުގެ 15 ނޫސްވެރިން ޝަހީދުވެއްޖެ
Hussain Nawaf
ހުސައިން ނަވާފް
27 އޭޕްރީލު 2025

ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ފަލަސްތީނުގެ 15 ނޫސްވެރިން ޝަހީދުކޮށްލިކަމަށް ފަލަސްތީނުގެ ޖާނަލިސްޓްސް ސިންޑިކޭޓުން ބުނެފިއެވެ.

މި ހޯދުންތައް ލިބިފައިވަނީ ސަހްޔޫނީން ގާތްގަނޑަކަށް 19 މަސް ދުވަހުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން މިހާރު ފަނާވެފައިވާ ޣައްޒާގައި ނޫސްވެރިންނާ ދެކޮޅަށް ސަހްޔޫނީން ހިންގާ ގަވާއިދާ ހިލާފުވުންތައް މޮނިޓަރ ކުރާ ސިންޑިކޭޓްގެ ފްރީޑަމްސް ކޮމިޓީން ނެރުނު އާ ރިޕޯޓަކުންނެވެ.

އެ ސިންޑިކޭޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަ އެ މުއްދަތުގައި އިތުރު 11 ނޫސްވެރިއަކަށް އަނިޔާވެފައިވާއިރު، 12 ނޫސްވެރިއެއްގެ ގެދޮރު ވަނީ ހަލާކުވެފަ އެވެ.

އަދި އެމީހުންނާ އެކު ނޫސްވެރިންގެ އާއިލާގެ 17 މީހަކު ޝަހީދުވެ، 11 ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ސަހްޔޫނީންގެ ރޮކެޓާއި ބޮން ގޮއްވާލުމުން 12 ނޫސްވެރިންގެ ގެ ސުންނާފަތިވިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން 15 ނޫސްވެރިން އެމީހުންގެ ގެއިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކޮމިޓީން ވަނީ ރެކޯޑްކޮށްފައެވެ. ބައެއް މީހުން ބަންދުގައި ތިބިއިރު، އަނެއް ބަޔަކު ދޫކޮށްލީ އޭގެ ގަޑިއެއްހާއިރު ނުވަތަ ދުވަސްތަކެއް ފަހުންނެވެ.

އަދި ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން 49 މީހަކަށް ވެސް ސިންޑިކޭޓުން ރަޖިސްޓްރީކޮށްފައިވާއިރު، އެ ނޫސްވެރިން ކަވަރު ކުރަމުން ދިޔަ ސަރަހައްދުތައް ހުސްކުރުމަށް އިންޒާރު ދީފައިވެ އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޚާއްސަކޮށް ޖެނިން އާއި ގުދުސް ފަދަ ސިޓީތަކުގައި ގާތްގަނޑަކަށް 117 ނޫސްވެރިންނަށް ހަމަލާދީ، ފިއްތުންތައް ކުރިމަތި ކުރުވާ ރިޕޯޓްކުރުން މަނާކޮށްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved