March 21, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / މިހާރު

ކޮންމެ ތާކު ބޭއްވިޔަސް ސަރުކާރު ކޮށި އަރާނީ ޕީއެންއެފްގެ ޖަލްސާތަކުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Apr 28, 2025, 12:10 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު، ޕީއެންއެފުން ކޮންމެ ތާކު ޖަލްސާ ބޭއްވި ނަމަވެސް ސަރުކާރު ކޮށްި އަރާ ގުޑުން އަރައިގެން ދަނީ އެ ޖަލްސާތަކުގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަން ހިނގަމުން ދަނީ، ރަގަޅަށް ނޫން ކަމަށާ އެކަމާ ފާޑުކިޔުމުން ޕީއެންސީގައި ފައިސާގެ އަޅުންގެ ގޮތުގައި ތިބި މަޖިލިސް މެމްބަރުންތަކެއް ނުކުމެ އަޑު ހަރުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލާ ހެދި ނަމަވެސް އެއީ ފިކުރެއް ނެތް ބައެއް ކަމަށާ އެއީ ފަހަރަކު ޕާޓީއަކުން ދުވާ ބައެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީއިން ބާއްވަމުންދާ ޖަލްސާތަކަށާ އަދި ޖަލްސާ ބާއްވާ މާލަމާ ގުޅޭ ގޮތުން ޕީއެންސީ ބޮޓުން ދައްކަމުން ދައްކާ ވާހަކައަށް ވެސް ރައްދު ދެއްވާފައެވެ.

ބަދިގޭގައި ބޭއްވިޔަސް އެހެން ތަނެއްގައި ބޭއްވިޔަސް ސަރުކާރު ކށިއަރަނީ މި ޖަލްސާތަކުގައި ދައްކާ ވާހަކަތަކުން.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަން ސިއްރުކުރަން ސަރުކާރުގެ ބޮޓުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންނަށް އެކަން ކަން ސާފުކަމަށެވެ. އަދި މިހާރު ޒުވާނުން ވެސް މަގުތައް މައްޗަށް ނުކުމެ އިންސާފަށް އެދި ގޮވަމުންދާއިރު އެ ޒުވާނުންނަކީ ވެސް ސަރުކާރު ގެންނަން ވޯޓުދިން ގިނަ ބަޔަކު އޭގެ ތެރޭގައި ހިމެނޭނެ ބައެއްކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved