

ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުން އަދި އެ ކުންފުނީގެ ޗެއާމަންގެ މަގާމުން މުހައްމަދު ޝާމީ އިއްޔެ ވަކިކޮށްފި އެވެ.
މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާ ޝާމީ، އެ ބޯޑުން ވެސް ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
އޭނަ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކަށަވަރުކޮށް ދިން ނަމަވެސް ޝާމީ ވަކި ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
އާރްޑީސީގެ ޗެއާމަންގެ މަގާމަށް އޭނަ އައްޔަން ކުރީ މިދިޔަ އަހަރުގެެ ޖެނުއަރީގަ އެވެ.
ޝާމީއަކީ ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސިފައިންގެއިން ވަކިވުމަށްފަހު ކޫއްޑޫ އަދި އެންސިސްގައި މަސައްކަތް ކުރެއްވި އެވެ.