theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޔާމީން، ނަރީޝްއާ އެކު: ޔާމީންގެ ދިފާއުގައި ހެކި ބަސް ނުދޭން އޭނާ ވަނީ ނިންމާފައި - / މިހާރު
ހަބަރު
ރައީސް ޔާމީންގެ ދިފާއުގައި ނަރީޝް އަދި ޝުއާއު ހެކިބަސް ދޭން ދެކޮޅު ހަދައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ހެކިބަސް ނުދޭން ނިންމައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓަށް އެ ބޭފުޅުން ހާޒިރުވެ ވަޑައެއް ނުގަނެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ވެސް މި ވަގުތު ތިބީ ރާއްޖެއިން ބޭރުގަ އެވެ.

ރައީސް ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވި ހެކި ބަސް ދޭން ބޭނުން ނުވާ ކަމަށް ދެ މީހުން ވެސް އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ދިފާއުގައި ހެކި ބަސް ދޭން ބޭނުން ނުވިޔަސް، ހައްޔަރުކޮށްގެން ހެކި ބަސް ދޭން ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފަން އެދޭތޯ ސުވާލުކުރުމުން ޔާމީންގެ ވަކީލުން ވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު އޮތަސް، އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުން ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއުގައި ނަރީޝް އާއި ޝުއާއުالله ގެ އިތުރުން ދެން ހުށަހަޅާފައި ވަނީ ކްރިކު ރިޒާ އާއި އަބްދުالله ރަޝީދު ކިޔާ މީހެކެވެ. މިއަދުގެ އަޑުއެހުމަށް ހާޒިރުވީ އަބްދުالله ރަޝީދު އެކަންޏެވެ. ބަލިހާލަތު ހުރި ގޮތުން ކަަމަށް ބުނެ ކްރިކު ރިޒާ ޝަރީއަތަށް ހާޒިރެއް ނުވެ އެވެ.

ރައީސް ޔާމީންއާ އެއްކޮޅަށް ހެކިބަސް ނުދޭން ނަރީޝް ނިންމަވާފައިވާއިރު، މީގެ ކުރިން ކުރިއަށް ގެންދިޔަ ވ. އާރަށު މައްސަލައިގައި އޭނާ ވަނީ އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދީފަ އެވެ.

މި މައްސަލައިގައި ހެކިބަސް ނުދޭން ނިންމި ސަބަބެއް ކަމަށް ބެލެވެނީ މިހާރު އުފެދިފައިވާ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނާއެކު އޮތް ގުޅުން ހީނަރުވެފައިވާތީ ކަމަށް ބެލެވެ އެވެ. 

މިހާރު އޮތް ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ނުކުންނެވި ފަހުން ރައީސް ޔާމީނާއި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ޔާމީނާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އަދި ރައީސް ޔާމީން ވެސް ގެންދަވަނީ ސަރުކާރުގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ޒިންމާދާރު ވުމަށް އެދި ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved