March 27, 2026
Advertisement
ވައްޑެ ރައީސް މުއިއްޒަށް: ވެރިކަން ލިބުނު ގޮތް ހިތަށް ގެންނަވާ މަވެތިކަން ދޫކޮށްލަން ގޮވާލަން
ވައްޑެ ރައީސް މުއިއްޒަށް: ވެރިކަން ލިބުނު ގޮތް ހިތަށް ގެންނަވާ މަވެތިކަން ދޫކޮށްލަން ގޮވާލަން / ސޯޝަލް މީޑިއާ

މުއިއްޒަށް ވެރިކަން ލިބުނުގޮތް ހަނދާންކޮށް މަވެތިނުވުމަށް ނަސޭހަތްތެރިވަން: ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 29, 2025, 02:37 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނު ގޮތް ހަނދާން އައުކޮށް ކަންކަމުގައި މަވެތިކަން އިސްނުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ނަސޭހަތްތެރިވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ރައީސް މުއިއްޒަށް ނަސޭހަތްތެރިވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހެކިންނަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ގޮތުގައި، ރ. ފުއްގިރި މައްސަލައިގައި ހިމެނޭ، ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު މިހާރު ވަނީ އެމަނިކުފާނާ އެއްކޮޅަށް ހެކި ބަސް ދޭން އިއުތިރާޒުކޮށްފައެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ވައްޑެ ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތިމަން މަނިކުފާނު ހުވާކުރާ ހިސާބުން ފަޑިޔާރުގެއަށް އަތްބޭނުން ނިމުނީއޭ ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ނަރީޝްއާ ޝުއާއުއަށް ވަޒީފާދީ، ބިރުދައްކައިގެން އެމީހުން ފުރުވާލީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއްކޮށްފިނަމަ އެމަނިކުފާނުގެ މައުސޫމުކަން ސާބިތުވާނެކަން ރައީސް މުއިއްޒަށްވެސް އެނގޭކަމާ ރައީސުލްޖުމްހޫރިއްޔާ ހެކީންނަށް ނުފޫޒު ފޯރުވާ ސީދާ ޚަރަދުކޮށް ދެ ހެކީން ފުރުވާލިޔަސް، އަދި މިނޫން ދުވަހެއް ވާކަން ހަނދާންކޮށް ބިރުވެތިވެ ހެޔޮބަސް އަނހާ، ގަބޫލުކުރުމަށް ވައްޑެ ވަނީ ރައީސް މުއިއްޒަށް ނަސޭހަތްތެރިވެފައެވެ.

ހަމައެހެންމެ ރައީސް މުއިއްޒަށް ވެރިކަން ލިބުނުގޮތް ހަނދާންކޮށް މަވެތިނުވެ ހަމަ ބިމަށް ތިރިވެ ރައީސް ޔާމިނާއި މެދު ޝުކުރުވެރިވުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved