"ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައި / ޕޮލިސް މީޑިޔާ
ހަބަރު
ގެއްލުނު ދޯނި ފެނިއްޖެ, ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 އޭޕްރީލު 2025
މާލެ ސިޓީ

ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ އެވެ.

ގދ. ގައްދޫން ހުޅުމާލެއަށް ދަތުކުރި 'ބްރިލިއަންޓް ކެރިއާ' މުދާ އުފުލާ ދޯނި ގެއްލުނީ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާކަށް ހާއިރެވެ. އޭރު އެ ދޯނީގައި ތިބި ފަސް މީހުންގެ ތެރޭގައި ތިން ދިވެހިން އަދި ދެ ބިދޭސީން ހިމެނެ އެވެ.

އެ ދޯނި ރޭ ފަތިހު 5 ޖަހާކަށް ހާއިރު ލ. އަތޮޅުން ފެނިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފެއިވާ ކަމަށް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.

ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި،

- ފުލުހުން

ފުލުހުން ބުނީ އެ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved