April 22, 2026
Advertisement
ނޫސްވެރިޔާ އަލީ އަލް ސަމޫދީ
ނޫސްވެރިޔާ އަލީ އަލް ސަމޫދީ / ޓައިމްސް އޮފް އިސްރާއީލް

އަލީ އަލް ސަމޫދީ ހައްޔަރު ކުރުމުން ސަހްޔޫނީ ޖަލުތަކުގައި ތިބި ރިޕޯޓަރުންގެ ޖުމްލަ އަދަދު 49 އަކަށް

Hussain Nawaf
ހުސައިން ނަވާފް
Apr 29, 2025, 09:55 PM

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ ނޫސްވެރިއެއް ކަމަށްވާ އަލީ އަލް ސަމޫދީ ހައްޔަރު ކުރުމުން ސަހްޔޫނީ ޖަލުތަކުގައި ތިބި ރިޕޯޓަރުންގެ ޖުމްލަ އަދަދު 49 އަށް އަރާފި އެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީންނެވެ.

އެންމެ ފަހުން ހައްޔަރުކުރުމާއެކު މިހާރު އިސްރާއީލުގެ ޖަލުތަކުގައި ތިބި ރިޕޯޓަރުންގެ ޖުމްލަ އަދަދު 49 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފައިވެ އެވެ.

ސަހްޔޫނީންގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ނިޒާމީ ހައްޔަރުކުރުމުގެ އިތުރުން، ކޮންމެ ދުވަހަކު ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަމުންދާކަން ފާހަގަ ކުރެވެ އެވެ.

ނޫސްވެރިންނަށް ކުރިމަތި ކުރުވަނީ ބަނޑުހައިހޫނުކަމާއި، ބޭސްފަރުވާ އިން މަހްރޫމް ކުރުމާއި އެތައް ވައްތަރެއްގެ އަނިޔާއެއް ހިމެނޭ ގޮތަށް ފިއްތުންތައް ކުރިމަތި ކުރުވާކަމަށްވެސް މަސްދަރުތަކުން ރިޕޯޓު ކުރެ އެވެ.

މިއަދުގެ ނިޔަލަށް އިދާރީ ބަންދުގައި 19 ނޫސްވެރިން ތިބި ކަމަށާއި އެއީ ހަމައެކަނި ސަހްޔޫނީން ބޭނުންކުރާ އުސޫލެއް ކަމަށާއި އެއީ ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތި މީހަކު ބަންދުކުރުމުގެ ފުރުސަތު އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ލިބޭ ކަމެއް ކަމަށް ވެސް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން އިތުރަށް ބުނެފައިވެ އެވެ.

އެގޮތުން ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ފަލަސްތީނުގެ 15 ނޫސްވެރިން ޝަހީދުކޮށްލިކަމަށް ފަލަސްތީނުގެ ޖާނަލިސްޓްސް ސިންޑިކޭޓުންވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved