ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ
ދުނިޔެ
ފަލަސްތީނުގެ 800 ކުދިން ތައުލީމުގެ އަސާސީ ހައްގުން މަހްރޫމުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
30 އޭޕްރީލު 2025

ހިފާފައިވާ އިރުމަތީ ގުދުސްގެ 6 ސްކޫލެއް ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކުރަން މަޖުބޫރުކޮށް ފަލަސްތީނުގެ 800 ކުދިން ތައުލީމުގެ އަސާސީ ހައްގުން މަހްރޫމުކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓިނިއަން ރެފިއުޖީސް އިން ދަ ނީއާރ އީސްޓް އުންރްވާގެ ހުޅަނގު އައްސޭރީގެ ޑިރެކްޓަރު ރޯލަންޑް ފްރިޑްރިޗް ވިދާޅުވީ މި ފިޔަވަޅަކީ "ކުޑަކުދިންގެ މުސްތަގުބަލަށް ނުރައްކާވާ ކަމެއް" ކަމަށާއި ސަހްޔޫނީންގެ ގާނޫނީ ވާޖިބުތަކާ ހިލާފު ކަމެއް ކަމަށެވެ.

ޝުއާފަތު ކޭމްޕް، ސިލްވާން، ވާދީ އަލް ޖޯޒް، އަދި ސޫރު ބަހޭރުގެ ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ދަރިވަރުންނަށް ދުރަށް ދަތުރުކުރަން ނުވަތަ ތައުލީމު ދޫކޮށްލަން މަޖުބޫރުވާނެކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

ފްރިޑްރިޗް އަންހެން ދަރިވަރުންގެ މެދުގައި އޮތް ބިރުވެރިކަން ފާހަގަކުރައްވައި ޑޮކްޓަރުންނަށް ނުވަތަ ސައިންސްވެރިންނަށް ވުމުގެ ހުވަފެންތައް އެއް ރެއެއްގެ ތެރޭގައި ނެތިގެން ހިނގައިދާނެކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ބަންދުކުރުންތަކަކީ ސަހްޔޫނީންގެ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުންރްވާގެ ހަރަކާތްތައް މަނާކުރުމާއި، އެ މުއައްސަސާގެ އިމްތިޔާޒުތައް ބާތިލުކުރުމާއި، ރަސްމީ ގުޅުންތައް މަނާކުރުމުގެ ގާނޫނުތައް އެކުލަވާލުމާ ގުޅިގެންނެވެ. މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ސަހްޔޫނީން ފަލަސްތީނުގެ ދަރިވަރުންގެ މައްޗަށް މަންހަޖު މަޖުބޫރުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved