ގާޒާ / ސޯޝަލް މީޑިއާ
ދުނިޔެ
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދު
Hussain Nawaf
ހުސައިން ނަވާފް
01 މޭ 2025

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ޝަހީދުވި މީހުންގެ ތެރެއިން މަދުވެގެން އަށް މީހުންނަކީ ފަލަސްތީނުގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕަށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.

އަދި ޒަޚަމްވި 109 މީހުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، އެ ސަރަހައްދުގައި ސަހްޔޫނީން އަލުން ހަނގުރާމަ ފެށިފަހުން 595 ކުޑަކުދިން ހިމެނޭ ގޮތަށް 2،308 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އިތުރު 5،973 މީހަކަށް ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަހްޔޫނީންނާއި ފަލަސްތީނުގެ ހަމަނުޖެހުން ބޮޑުވި ފަހުން ޝަހީދުވި މީހުންގެ އަދަދު 52،400 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޒަޚަމްވެފައިވަނީ 118،014 މީހުންނެވެ.

އަދި އެތައް ހާސް މީހުންގެ ހަށިގަނޑު ގެއްލިފައިވާ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved