April 25, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޑރ މުއިއްޒުގެ ފުރަތަމަ 17 މަސް ދުވަހަށް ލިބޭނީ ސުމެއް: މަލީހު

Hussain Nawaf
ހުސައިން ނަވާފް
May 2, 2025, 05:02 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފުރަތަމަ 17 މަސް ދުވަހަށް ލިބޭނީ ސުމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ގައުމެއްގެ ރައީސެއް ކަންކަން ކުރައްވާ އިރު ކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ އާއި އެފަދަ ކަންކަމަށް އެޕްރޯޗް ކުރާ ގޮތާއި ބޮޑު ކަމެއް ދިމާވުމުން އެކަމަކަށް އަމަލު ކުރަން ޖެހޭ ގޮތާއި ގައުމު ހިންގަން ޖެހޭ ގޮތާއި އިންވެސްޓްމަންޓް ހޯދުން ފަދަ ކަންކަމުން ރައީސް މުއިއްޒަށް ލިބެނީ ސުމެއްކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

މިހެން މި ދަންނަވަނީ ވެރިކަމަށް 17 މަސް ދުވަސްވެގެން އައި އިރު، ބޮޑު އިންވެސްޓްމަންޓެއް ގެނެވުނުތަނެއް ނުފެނޭ. ރޫލް އޮފް ލޯ، ގާނޫނުގެ ވެރިކަން ނެގެހެއްޓޭ ތަނެއްވެސް ގާނޫނު ދެމެހެއްޓޭ ތަނެއް ނުފެނޭ. ރައްޔިތުންގެ މަޖިލީހަށް އޮންނަން ޖެހޭ އިހްތިރާމާއި ގަދަރު ކުރާ ތަނެއް ނުފެނޭ. ސިވިލް ސާވިސް ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ. ރާއްޖޭގައި އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާ ތަނެއް ނުފެނޭ.

މަލީހު

ސަރުކާރުން ގެންދަނީ މުތުލަގަށް ގައުމު ލޫޓުވާ ވައްކަން ކުރަމުންކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ. އަދި އޭގެ ސަބަބުން މުޅި ގައުމު މިއަދު ދަނީ ހަފުސްވަމުންކަމަށް ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved