March 16, 2026
Advertisement
ރައުދު ދޫނިދޫ އަށް ގެންދަނީ.
ރައުދު ދޫނިދޫ އަށް ގެންދަނީ. / ސޯޝަލް މީޑިއާ

ރައުދު ހައްޔަރުކުރުމަށް ފުލުހުންނަށް ކުރި ފުރަތަމަ އަމުރު ތަންފީޒު ނުކުރާކަން ހާމަވެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 2, 2025, 09:00 PM
މާލެ ސިޓީ

މާލެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް، އެޕްރީލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓިފައިވާ މައްސަލާގައި ހިމެނޭ ރައުދު ޒިލާލު ހައްޔަރުކުރުމަށް ހަމަ އެދުވަހު ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވީނަމަވެސް، ފުލުހުން އެ އަމުރު ތަންފީޒުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަމާއި ގުޅިގެން އަދަދު ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި، ހ. ފެންޓެނޯއީ ގޭގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލާގައި ޔުމްނު އާއި އެކު އެންމެފަހުން އެރޭ އުޅެފައި ވަނީ ރައުދު ކަމަށްވާތީ މިމައްސަލާގައި ތަހުގީގު ކުރުމަށް ރައުދު ހެންވޭރު ޕޮލިސްސްޓޭޝަނަށް ހާޒިރުކޮށްފައި ވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މިއާއިއެކު އޭނާ ތަހުގީގަށް ހާޒިރު ކުރިއިރުވެސް ކުރެވޭ ތުހުމަތުތަކަށް ބަލާއިރު އެންމެ ކުޑަމިނުން 24 ގަޑި އިރަށް ބަންދުގައި ބެހެއްޓޭނެ ކަމަށް ވީނަމަވެސް އޭނާ ދޫކޮއްލާފައި ވަނީ ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމުރެއްވެސް ލިބިފައި ވަނިކޮށް ކަމަށް ވެސް ވެއެވެ.

ހަމައެހެންމެ 72 ދެގަޑި އިރުގެ ކޯޓު އަމުރެއް ފުލުހުންނަށް ލިބިފައިވާއިރު ވެސް އެ މުއްދަތުގައި ވެސް އޭނާ ހައްޔަރު ނުކުރާ ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ. ދެވަނަ ފަހަރަށް ފުލުހުން ރައުދު ހައްޔަރު ކުރަން ނިންމީ ތަހުގީގާއި މެދު އާންމުންގެ ނުރުހުން އަމާޒުވުމުން ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ރައުދުގެ މައްސަލައާ ގުޅިގެން، އޭނާގެ ބޭބެ، ދައޫދު އަހުމަދު ސަރުކާރުގެ ބައެއް ވެރިންނަށް ގުޅާފައިވާކަމަށާއި އަދި މުއާމަލާތްތަކުގެ ތަފުސީލެއް ކިޔައި ނުދޭކަމަށްވެސް އަދަދު ނޫހުން ވަނީ ބުނެފައެވެ.

ރައުދު ބަންދުނުކޮށް ދޫކޮށްލުމަކީ ފުލުހުން އަމަލުކުރާ، އަދި އަމަލުކުރަން ޖެހޭ ގޮތެއް ނޫން ކަމަށާއި ނުފޫޒެއް ނެތި އެ ގޮތަށް އަމަލު ކުރުމަކީ ގަބޫލުނުކުރެވޭނެ އަމަލެކެވެ. ރައްޔިތުން ގެ ފާޑުކިޔުންތައް މިހާ ވަރަށް ފުލުހުންނަށް އަމާޒު ވެފައި ވަނިކޮށް ރައުދު ހައްޔަރު ކޮށްފައި ވަނީ އެޕްރީލް 24 ވަނަ ދުވަހުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved