

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ހުކުމްކޮށްފައިވާ އެތައް ބައެއްގެ ޅަދަރިން ނުކުމެ ވާނުވާ ބަންދު އުވާލަން ގޮވާލައިފިއެވެ
ރޭ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އެއްވި ކުދި ބޮޑު އެންމެން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ގޮވާލާފައިވެއެވެ.
އެތައް ބަޔަކު ބައިވެރިވި އިހުތިޖާޖުގެ ބައިވެރިން ވަނީ ވަނުވާ ބަންދުގައި ގިނަ ބަޔަކު ތިބިއިރު އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ އޭގެ އަސްލެއް ނެތް މައްސަލަތަކެއް ކަމަށް ބުނެފައެވެ. އެހެންކަމުން އަސްލެއް ނެތްކަމެއްގައި އެތައް އަހަރެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަމުންދާ ފަރާތްތަކުގެ އާއިލާތަކަށް ލިބެމުން ދަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމާ ތަހައްމަލު ނުކުރެވޭ ވަރުގެ ހިތާމަ ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބާރުވެރިކަމުގައި މަގާމުތަކުގައި ތިބި ހުރިހާ މީހުންވެސް އަނިޔާ ލިބިގެންވާ މީހުންގެ ދުއާއަސް ބިރުވެތިވެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އިހުތޖާޖުގައި ބައިވެރި މީހުން ވަނީ ގޮވާލަފައެވެ.
މީގެ އިތުރުން ވަނުވާ ބަންދުގައި ތިބި އެތައް ބައެއްގެ ޅަދަރިންނާ އާއިލާތަކުންވެސް ރޭގެ އިހުތިޖާޖުގައި ބައިވެރިވެ އެ ތުއްތު ކުދިން ވަނީ ބައްޕައިންނާ ބޭބެއިން ވެސް ދޫކޮށްލުމަށް އެދި ގޮވާލާފައެވެ. އެހެން ކުދިން ވެސް ބައްޕައިންނާ ބޭބެއިންނާ އެކު ކުޅެ މަޖާކޮށް އުފާވެރި ވަގުތުތައް ހޭދަކުރަމުންދާއިރު އެ ކުދިންވެސް އެ އުފާވެރިކަމާ އެ ވަގުތުތައް ހޭދަކުރަން ބޭނުން ކަމަށާ ނަމަވެސް ހައްގުން ބޭރުން ވާނުވާ ޖަހާ ޖަލުގެ ކުޑަ ގޮޅީގައި ބައްޕަ އާ ބޭބެ ވެސް ބަންދު ކޮށްފައިވާތީ އެ ފުރުސަތު އެކުދިންނަށް ގެއްލިފައިވާ ކަމަށް އެކުދިން ވަނީ ބުނެފައެވެ.
އެކުދިން ވަނީ އެކުދިންގެ އުފާވެރިކަން ފޭރި ނުގަނެ ބައްޕައާ ބޭބެ ވެސް އެ ބަންދުން ވިއްލުމަށް ގޮވާލާފައެވެ.