March 24, 2026
Advertisement
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ ޕްރެސް ނިންމަވާލެއްވިއިރު ތެދު ޖަވާބު ލިބުނު ކަމެއް ނެތް ފަދަ: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
May 4, 2025, 08:56 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޕްރެސް ނިންމަވާލެއްވި އިރު ތެދު ޖަވާބު ލިބުނު އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްެޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޙައްދެއް ނެތް މިންވަރަށް ނޫސްވެރިންނާއި ނޫސްތައް ގަނެ ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރަމުންދާ ވަގުތެެއްގައި މިއީ ތަފާތު ދެއްކެވި ޒުވާނުންގެ ތެރެއިން ފާހަގަ ކުރެވޭ ޒުވާނެއްކަމަށް ބުނެ އަދަދު ނޫހުގެ ޝަހްޒާނަށް ޑރ ޖަމީލްގެ ތައުރީފް ރައްދު ކުރެއްވިއެވެ.

އަދި މިއަދު ފަޅާއަރައިގެން ދިޔައީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަނޑައެޅިގެން ސިޔާސީ މީހުންގެ ޢަދަދުފަދަ އެތައް ކަންތައްތަކެއް ފޮރުވިކަމާއި ތެދު ޙަގީގަތްދިވެހި ރައްޔިތުންނަށް އޮޅުވާލިކަންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

515 ދުވަހަސް ފަހުންވެސް ނޫސްވެރިންނާ ބައްދަލު ކުރިއިރު އެތައްކަމެއް ސީދާ ރައީސް އޮފީހާ ގުޅިގެން ނޭގޭކަމަށް ވިދާޅުވެ ރަައްޔިތުންނަށް އިޙްތިރާމް ކުޑަކުރިކަންވެސް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެއްވެސް މަޝްރޫޢެއް އަދި އިގްތިސާދު ކުރިއަރުވަން ފެއްޓި ކަމެއްވެސް ނެތްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އެއާއިއެކު ތަކެތީގެ އަގު އުފުލުން، އާސަންދަ ނުލިބުން، ވިޔަފާރިތައް ބަނގުރޫޓްވުން، ހިސާބު ޢަދަދުން އެއްވެސް ކަމެއް ވިދާޅުނުވެވުނު؛ އިޖްތިމާޢީ ރައްކާތެރިކަން، ކޯޓްތަކުގެ މިނިވަކަން ނަގާލުން، ރައްޔިތުންގެ މެދުގައި ތަފާތުގެންގުޅުން، ދުސްތޫރީ ނިޒާމް މޮޑެލުން، ނެޕްޓިޒަމް، ކޮރޯނިޒަމްގެ އުސޫލު ގެންގުޅުން، ޚަރަދު ބޮޑު، މަތިބަރު ސަރުކާރެއް ކަމާއި އެފަދަ ކަންތައްތަކަށް ޖަވާބެއް ނުދެއްވުނުކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ރިޔާސީ ވަޢުދުތަކާ މަޖްލިސް ވަޢުދު ނުފުއްދުން، ސަބަބުވެރި، ރީޒަނަބަލް އެއްވެސް ވަޟާޙަތެއްވެސް ނުދެވުނުކަމަށްވެސް އެމަަނިކުފާނުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

އެއާއިކު ބިއްލޫރި ޓަނަލް، ބަންކަރިން، އިންވެސްޓްމެންޓް ބޭންކަށް ވީގޮތެއްވެސް ހާމަ ނުކުރެވުނުކަމަށް ޑރ ޖަމީލް ފާހަަގަ ކުރެއްވިއެވެ.

އެގޮތުން ރައީސަކީ މީހުންނާ ޖަދަލުކުރަން ހުރި ބޭފުޅެއް ނޫންކަމާއި ޓެކްސް ފައިސާގައި ރައްޔިތުން އަތުން ބޮޑު ޚަރަދުކޮށްގެން ރިކޯޑޭ ކިޔާ ސަނާ ކިއުއްވަން ޖެހޭހިސާބަށް ގައުމުގެ އެއްކަމެއް ނުދޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އަދި ޕްރެސް ނިންމާލިއިރު ތެދު ޖަވާބު ލިބުނު ކަމެއް ނެތް ފަދަ ކަމާއި ޕްރެސްގެ ނަތީޖާ އަކީ ކުޅޭކުޅޭ ސަމާސާ ތަނަކަށް ރައީސް އޮފީހާއި ރައީސުގެ މަގާމު ރައީސް ވައްޓާލެއްވުންކަމަށް ވިދާޅުވެ ޑރ ޖަމީލްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved