March 27, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ސިނގިރެޓާއި ވޭޕަށް ވުރެ ބޮޑަށް ޑްރަގް މައްސަލަ ހައްލު ކުރަންފެނޭ: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 5, 2025, 11:48 PM
މާލެ ސިޓީ

ސިގިރެޓާއި ވޭޕަށް ވުރެ ބޮޑަށް ޑްރަގް މައްސަލަ ހައްލު ކުރަން މިސަރުކާރުން މަސައްކަތް ނުކުރައް ވަނީ ކީއްވެގެންތޯ، ޕީއެންއެފް ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ސިނގިރޭޓު ކޮންޓްރޯލް ކޮށްފައި ވާގޮތުން ދައުލަތަށް ބިލިއަނެއްހާ ރުފިޔާގެ ޓެކްސްޓް ލިބޭކަމަށެވެ.

އެހެން ނަމަވެސް ރައިސްގެ މިހާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން 400 އެއްހާ މިލިއަން ރުފީޔާގެ އިންޕޯޓް ޑިއުޓީވެސް ނުލިބޭކަމަށެވެ.

ސިނގިރޭޓު އަދި ވޭޕް މަނާކުރުމަކީ މިކަން އެއްކޮށް ހުޓުވޭނެ ކަމެއް ނޫންކަމުގައިވެސް މަލީހު ވިދާޅުވެފައި ވެއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއަރޕޯޓުންވެސް ސިނގިރޭޓް ސްމަގަލް ކުރާ މަންޒަރު, ފްލައިވުޑް ކޮންޓެއިނާ އެގެތެރެއިންވެސް ސިގިރެޓް ސްމަގަލް ކުރާމަންޒަރު،ކާރެއް ގެނަޔަސް. އެހެންވީމަ މީ ވަކިކަމެއް ހާސިލް ކުރުމަށްޓާކައި އެބޭފުޅުން، މީގެ ފޮރުވިފައި ސިއްރުތަކެއް އެބަވޭ. އެހެން ވީމަ އަޅުގަނޑު ގޮވާލަން ދެކޮޅުޖެހޭގޮތަށް ސިޔާސަތުތައް އެކުލަވާލަން.

މަލީހު

މި ސިޔާސަތަކީ ރައްޔިތުންނަށްވެސް އަދި ސަރުކާރަށް ވެސް ތަންފީޒު ނުކުރެވޭ، އޭގެސަބަބުން ފައިދާއަށްވުރެ ގެއްލުންވާ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މަލީހު ވަނީ ކުރިން އޮތް ގޮތަށް ގަވާއިދު ބަދަލުކޮށް މިސިޔާސަތު އުވާލަން ފެންނަކަމަށް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved