April 22, 2026
Advertisement
ގާޒާ
ގާޒާ / އަލްޖަޒީރާ

ސަހްޔޫނީންގެ ލީޑަރުން ޣައްޒާ އަށް ދޭ ހަމަލާ ފުޅާ ކުރަން ނިންމައިފި

Hussain Nawaf
ހުސައިން ނަވާފް
May 6, 2025, 02:11 AM

ސަހްޔޫނީންގެ ސިޔާސީ އަދި އަސްކަރީ ލީޑަރުން ޣައްޒާ އަށް ދޭ ހަމަލާ ފުޅާކޮށް ފަލަސްތީނުގެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމާ ހަވާލުވުމަށްފަހު ބަނޑުހައި ހޫނުކަން ފެތުރުމަށް ނިންމިކަން މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓުން ވަނީ ފަލަސްތީނުގެ ސަރަހައްދު ބްލޮކޭޑްގެ ދަށުން ތަހައްމަލު ކުރަމުންދާ 2.3 މިލިއަން މީހުންނަށް ރިޒާވިސްޓުންނާއި އެކު ސަހްޔޫނީންގެ އަސްކަރިއްޔާއާ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ތަކެތި ދިނުމަށް ރާވާފައިވާ ޕްލޭންތައް އިއްތިފާގުން ފާސްކޮށްފަ އެވެ.

ނިއުސްވަޔަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަން ހާމަނުކުރާ ސަހްޔޫނީންގެ އޮފިޝަލުން ލަފާކުރާ ގޮތުގައި އެ ޕްލޭންތަކުގެ ތެރޭގައި މުޅި ޣައްޒާ ހިފުން ހިމެނެ އެވެ. އަދި މިއީ މުޅި އެންކްލޭވް އަތުލައިގަތުމަށް ވެސް ވެދާނެ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެ އެވެ.

އަދި ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމާ ސަހްޔޫނީން ހަވާލުވުމުގެ ފުރުސަތު ވެސް އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ރާވަނީ އެމެރިކާގެ ސެކިއުރިޓީ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ކޮންޓްރޯލް ކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved