March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދެވަނަ ދައުރެއް ހޯދަން އުޅެނީ ޓާޝަރީ ފެންވަރުގައި އިތުރަށް ވައްކަން ކުރާނެ ދައުރެއް ހޯދަން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 6, 2025, 11:07 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ހޯދަން އުޅެނީ ޓާޝަރީ ފެންވަރުގައި އިތުރަށް ވައްކަން ކުރާނެ ދައުރެއް ހޯދަން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދެވަނަ ދައުރެއް ހޯދަން މަސައްކަތް ކުރަން މިހާރުގެ ސަރުކާރަށް މަޖުބޫރު ކަމަށެވެ. މި ވެރިކަމުގައި ކުރެވިފައިވާ ކަންތައްތަކަށް ފަސް އަޅާ ފޮރުވޭނީ ދެވަނަ ދައުރެއް ރައިސް ޑރ. މުހައްމަދު މުއިއްޒު އަށް ލިބިގެން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސްއަކަށް ހުންނަވާ ބޭފުޅަކު ދެވަނަ ދައުރެއް ހޯދަން މަސައްކަތް ކުރުމަކީ ތޮބީއީ ގޮތުން ރަނގަޅު ކަމެއް، އެކަމަކު ދުނިޔޭގެ ސުންނަތައް ބަލާކަމުގައި ވަނީނަމަ ދިވެހިރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލާނަމަ އެއީ އެބޭފުޅާއަށް ކުރުން ލާޒިމުކަމެއް، އެއީ ނުކޮށްފި ކަމުގަވަނީވިއްޔާ އެބޭފުޅާގެ ފަސް އަހަރު ނިމިގެން ދާއިރު އެހެން މީހަކު އައިއްސިއްޔާ އަޑުގަނޑަކަށް ހިއެއްނުވޭ ދިވެހިރާއްޖެއަކު މިވަގުތު ހުރި ޖަލުތަކަކަށް މިމީހުން ކަތާނެ ހެނެއް، މިހުރިހާ މީހުންނަކީ ބޮޑެތި އަދަދުން، ބޮޑެތި ޖޫރިމަނާތަކާ ބޮޑެތި ޖިނާއީ ހުކުމުތައް އަންނާނެ ބައެއް، އެހެން ވީމަ މަޖުބޫރުވާނެ ދެއްތޯ ދެވަނަ ފަސް އަހަރެއް ހޯދަން ހިގައި ދިޔަކަންތަކަށް ފަސް އަޅަން.

ރައިސް ޔާމިން

ގްރީން ބިލްޑިންގް ރޯކޮށްލީ ރައްޔިތުންގެ ހައްޤުތައް ނިގުޅައި ގަނެ އެކަންތައް ފޮރުވައި އެކަމަށްވެސް ފަސްއެޅުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިސަރުކާރުން އިތުރު ފަސް އަހަރު ބޭނުންވާ ސަބަބު މިއަމަލުތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved