March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިމްޔާތަކީ ގެސްޓްހައުސް އަކަށް ވާނަމަ ފުލުހުންނަށް އެތަނަށް ރެއިޑު ޖެހެން ޖެހޭނެ: ރައިސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 7, 2025, 12:25 PM
މާލެ ސިޓީ

ދިމްޔާތަކީ ގެސްޓް ހައުސްއަކަށް ވާނަމަ ފުލުހުންނަށް އެތަނަށް ރެއިޑު ޖެހެންޖެހޭނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ދިމްޔާތުގެ ވެރިފަރާތުން އެތަނަކީ ގަނޑުވަރެއްނޫން ގެސްޓްހައުސް އެއް ކަމުގައި ބުނެފައި ވާއިރު، ގަބޫލުކުރެވޭ ގޮތުގައި ގެސްޓްހައުސްއަކީ ދެތިންދުވަހަށް މީހުން ދިރިއުޅޭ ތަނެއް ކަމާ އަދި ގެސްޓް ހައުސް އެއް ކަމުގައި ވަނީ ނަމަ ޤަބޫލު ކުރެވެން ޖެހޭނީ އެތަނެއްގައި ވިޔާނުދާ އަމަލުތައް ވެސް ހިނގާފާނެ ކަމަށްކަން ރަައީސްް ޔާމީން ފާާހަގަކުރެއްވީ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅުކަމު ދައްްކަވަމުންނެވެ. އެހެންކަމުން އެތަނަށް ވަދެ ރެއިޑު ޖެހުމުގެ ބާރުވެސް ފުލުހުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

ވެރިފަރާތުން މުއިއްޒު އެވިދާޅުވަނީ އެއީ ގަނޑުވަރެއްނޫނޭ ގެސްޓްހައުސް އެކޭ، ގެސްޓް ހައުސް އަކީ 1،2،3 ،4 ޑޭސްވަރު މީހުން އުޅެފަ ދާ ތަންތަން، އެތަނަށް ވަދޭ ހުރިހާ ފެންވަރެއްގެ މީހުން، ހުރިހާ ކަހަލަ ވިޔާނުދާ ކަންތައް ކުރާ މީހުން ވަދޭ ،މަސްތުވާ ތަކެތީގެ ބޭނުންތަކާ ހަށިވިއްކުމާ މިނޫން ހުރިހާކަމެއް،އެކަމަކު މިގެސްޓް ހައުސް އަކީ ދިމްޔާތު ގަނޑުވަރު ކަމަށްވާތީ، މީ ގާނޫނީ ހުކޫމަތުން ބޭރުގައި ހުރިތަނެއް، އައްޕަތުރޭ މިބުނަނީ ދިމްޔާތު ގަނޑުވަރޭމީ އެހެންވީމަ ދިވެހިރާއްޖޭގެ ގާނޫނު ޝަރީއަތް ހިނގާތަނެއް ނޫންމީ.

ރައީސް ޔާމީން

އެކައުންޓަބަލް ނުކުރެވޭ ތަންތަން ހުރުންއެއީ ރައްޔިތުން ވެސް ސުވާލު އުފެދޭނެކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގެސްޓް ހައުސްއެއް ކަމުގައި ވަނީނަމަ ދޭތެރެ ދޭތެރެއިން އެތަނަށް ވެސް ފުލުހުން ރެއިޑު ޖަހަންޖެހޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved