ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ގަދަ ވާނީ މިއަދާއި މިރޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނޭ / ޕޮލިސް
ހަބަރު
މިއަދާއި މިރޭ މޫސުން ވަރަށް ގޯސްވާނެ: މެޓު އޮފީސް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 މޭ 2025
މާލެ ސިޓީ

މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ. މެޓުން ބުނާ ގޮތުގައި، މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމަށް ފެށެންވީމާ ކުރާ ވިއްސާރަ ނުވަތަ ދެ މޫސުން ބެދޭ ވިއްސާރަ އެވެ.

މޫސުން ގޯސްވެ، މެޓް އޮފީހުން ވަނީ މިހާރު ވެސް ބޮޑު ބަޔަކަށް ދެ އެލާޓެއް ނެރެފަ އެވެ. އޭގެ ތެރެއިން މޫސުން ތަންކޮޅެއް ގޯސްވާނެތީ ޔެލޯ އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހިސާބަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެ އެވެ.

މެޓުން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައި ޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

މެޓުން އޮފީހުން އިތުރަށް ބުނީ މިރެ އާއި މާދަމާ ވެސް ވިއްސާރަ ކުރާނެ ކަމަށާއި އެކަމަކު މާދަމާ އެހާ ގަދަވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ހަފުތާ ބަންދުގައި މޫސުން އަލިވާން ފަށާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved