March 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

2.0 ރާއްޖޭގެ މަގްސަދަކީ ޓާޝަރީ ފެންވަރުގައި ޑިޖިޓަލައިޒްޑް ކޮރަޕްޝަން ހިންގުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
May 12, 2025, 03:41 AM
މާލެ ސިޓީ

މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ނަމުގައި ސަރުކާރުން ފެއްޓެވި 2.0 އަކީ މިހާރު ސަރުކާރުގެ ތެރެއިން ހިންގަމުންދާ ވައްކަމާ ކޮރަޕްޝަން އެހެން ލެވެލްއަކަށް ގެންދިއުމަށް ކޮށި މަގެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ސްޕީކާރގެ މައުޟޫކަމަށް ވާ 2.0 ރާއްޖެއަށް އިންސާފު ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޑިޖިޓަލައިޒްކުރަން މި ސަރުކާރުން މަސައްކަތް ފެށި ކަމަށް ބުނާއިރު އެ މަސައްކަތަކީ މީގެ ކުރީ ސަރުކާރުތަކުން ފައްޓާ ކުރިއަށް ގެންގޮސްފައިވާ ކަންކަމަށެވެ.

އެގޮތުން ރާއްޖޭގެ ގިނަ ކަންކަން ނަޒަރު ހިންގާލުމުން މުޅި ގައުމު އޮތީ ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދެވޭ ފެންވަރެއްގައި ފެންނަން އެބަހުރި ކަމަށާ އެގޮތުން ޑޮކަޓަރުންގެ ބޭސް ސިޓީ ވަގުތުން ޓައިޕްކޮށް ސާވާއަށް އަޕްލޯޑް ކުރެވޭ ކަމާ ކޮވިޑު ތެރޭގައި ގޭގައި ތިގެން ޓެބްލެޓޫ ބޭނުންކޮށް ދަރިވަރުން ކިޔެވުން ފުރިހަމަ ކުރި ކުރުމާ ގޭގައި މުވައްޒަފުން ތިބެގެން ދައުލަތާ ގައުމުވެސް ހިންގި ހިންގުމަކީ އޭގެ ހެކި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ޑިޖިޓަލައިޒު ކުރުމުގެ މާނައިގައި ރައީސް މުހައްމަދު މުއިއްޒު ކުރައްވަން އުޅުއްވަނީ ދެ ކަމެއް ކަމަށާ އެއް ކަމަކީ ފުލީ މުއިއްޒުގެ އޯނާޝިޕު އެކަމަށް ނަގާ މެޑަލް ޖެހުން ކަމަށާ ދެ ވަނަ ކަމަކީ ޓާޝަރީ ފެންވަރުގައި ސަރުކާރުން ކުރާ ވައްކަންތަކުގެ ތެރެއިން ޑިޖިޓަލައިޒްޑް ކޮރަޕްޝަން ހިންގުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޑިޖިޓލައިޒް ކުރުމުގެ ނަމުގައި އުޅެނީ ޑިޖިޓަލައިޒު ކޮރަޕްޝަނެއް ހިންގަން. މިއުޅެނީ ޓާޝަރީ ފެންވަރުގައި އެސްއޯއީތަކުން މިހާރުވެސް ކުރަމުން ގެންދާ ވައްކަންތަކުގެ ތެރެއިން ޑިގިޓަލައިޒެޑް ކޮރަޕްޝަން ގެންނަން. މިއޫލެނީ އެހެން ބައެއްގެ މަސައްކަތުގައި މެޑަލް ޖަހަން. ޑިޖިޓަލައިޒު ކުރުމުގެ ނަމުގައި މި ސަރުކާރުން އުލެނީ އެހެން ބައެއްގެ މަސައްކަތުގެ ކްރެޑިޓު ނަގަން.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ހިންގަމުންދާ ބޮޑެތި ކޮރަޕްޝަނާ ވައްކަންތައް ހުއްޓުވޭނީ މައްސަލަތައް ބެލުުގައި ގާނޫނުގައި ވަކި މުއްދަތެއް ތަހުގީގުކުރުމަށާ މައްސަލަ ބަލާ ނިންމަން ކަނޑައެޅިގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved