April 22, 2026
Advertisement
އިސްރާއީލުން ޣާއްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާގެ ސަރަހައްދެއް ސުންނާފަތިވެފައި --
އިސްރާއީލުން ޣާއްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާގެ ސަރަހައްދެއް ސުންނާފަތިވެފައި -- / ގެޓީ އިމޭޖަސް

ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 29 މީހަކު ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
May 12, 2025, 10:38 PM

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 29 މީހަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބުނެފައިވަނީ ހޮސްޕިޓަލްތަކަށް 33 ހަށިގަނޑެއް ލިބިފައިވާކަމަށް އެކި މަސްދަރުތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

އަދި އިތުރު 94 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ ސަހްޔޫނީ ސިފައިން 15 މީހަކު ޝަހީދުކޮށްލިކަމަށް މެޑިކަލް މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާ އަރަބިކް އިން މިއަދު ހެނދުނު ރިޕޯޓް ކުރިއެވެ.

މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން ވަނީ ޒަހަމްވިކަން ހާމަކޮށްފައިވާ އިރު ޒަހަމްވީ މީހުންގެ އަދަދު ހާމައެއް ނުކުރެއެވެ.

ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރި 19 މަސް ދުވަހުގެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 52،862 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved