March 15, 2026
Advertisement
ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް އަގު ކުރެވޭނެ ހިދުމަތެއް ނޫން: ރައީސް ޔާމީން
ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް އަގު ކުރެވޭނެ ހިދުމަތެއް ނޫން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް ނުވަތަ ލިބޭ އިނާޔަތަކުން އަގުކުރެވޭ ހިދުމަތެއް ނޫން: ރައީސް ޔާމީން

May 13, 2025, 01:02 AM
މާލެ ސިޓީ

ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް ނުވަތަ ލިބޭ އިނާޔަތަކުން އަގުކުރެވޭ ހިދުމަތެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement


ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަ ކުރަމުންދާ އިރު ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ނަރުހުންނަށް އަރިސްކުރައްވާ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ނަރުހުންގެ ހިދުމަތަކީ ލިބޭ އުޖޫރައަކަށް ނުވަތަ ލިބޭ އިނާޔަތަކުން އަގުކުރެވޭ ހިދުމަތެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ނަރުހުންގެ ހިދުމަތަކީ ވަރަށް މާތް ހިދުމަތެއް ކަމަށާއި އެ ހިދުމަތަކީ ބަލި ތަންމަތިގައި އޮންނަ އަނެކާއަށް ތަފާތު ކުރުމެއް ނެތި އިންސާނިއްޔަތުގެ މަތިވެރި އުސޫލުން ހިދުމަތް ކޮށްދިނުން ކަމަށެވެ.

އެގޮތުން ނަރުހުންނަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާ ނަމަވެސް ނަރުހުން ވާން ޖެހޭނީ ކެތްތެރި ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރި ގިނަ ހުރަސްތަކާ އެކުވެސް ކެތްތެރިކަމާ އެކު ބަލި މީހުންނަށް ހިދުމަތްކޮށްދެއްވާ އެ ބަލިމީހުންގެ ރުޅިވެރިކަން ވެސް ބައެއް ފަހަރު ތަހައްމަލުކުރަމުން ވެސް ނަރުހުން ކޮށްދެމުން ގެންދާ އިންސާނީ މަތިވެރި ހިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ދާއިރާއަށް އޮންނަން ޖެހޭ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ނަރުހުންނަކީ ވެސް އޭގެ ޒިންމާ އުފުލަން ޖެހޭ ބަޔަކަށްވާތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޔާމީން ގޮވާލާއްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved