April 22, 2026
Advertisement
ސަހްޔޫނީން ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު ފަރުވާ ދޭން ގެންދަނީ. --
ސަހްޔޫނީން ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު ފަރުވާ ދޭން ގެންދަނީ. -- / އޭއެފްޕީ

ސަހްޔޫނީން ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި މަދުވެގެން 22 ކުޑަކުދިން ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
May 15, 2025, 04:34 AM

ޣައްޒާގެ އެކި ހިސާބުތަކަށް ސަހްޔޫނީން ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި ބުދަ ދުވަހު ޣައްޒާގައި މަދުވެގެން 22 ކުޑަކުދިން ޝަހީދުވިކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ޖުމްލަ 60 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ އުތުރުގެ ޖަބަލިއާ އިން 50 މީހުންނާއި ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ އިތުރު 10 މީހުން ހިމެނެއެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ބްރޯކަރެއްގެ ދަށުން ހަމާސްއިން ސަހްޔޫނީންގެ އެމެރިކާގެ ރަހީނެއް ދޫކޮށްލިތާ އެއް ދުވަސް ފަހުން، އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ޒިޔާރަތް ކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން މި ހަމަލާތަކާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް ރޮކެޓް ލޯންޗާތައް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ހަނގުރާމަވެރި އިންފްރާސްޓްރަކްޗާތަކެއް ހުރުމުން ޖަބަލިއާ ހުސް ކުރުމަށް އެ ސަރަަހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް އަންގާރަ ދުވަހުގެ ރޭ ދަންވަރު އަންގާފައެވެ.

ޖަބަލިއާގައި ސަލާމަތީ މަސައްކަތްތެރިން ވަނީ ސެލްފޯން ކެމެރާތަކުގެ އަލިންނާއި އިތުރު އާލާތްތައް ބޭނުންކޮށްގެން ކޮންކްރީޓް ސްލެބްތައް ތަޅާލައި، ޝަހީދުވި ބައެއް ކުދިންގެ ހަށިގަނޑުތައް ނަގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved