

ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް ދެ ޑަޒަން ކުޑަކުދިން ހިމެނޭހެން 70 މީހުން ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.
ޣައްޒާގެ އުތުރުގެ ޖަބަލިއާ ވަށައިގެން އެކަނިވެސް ދިން ހަމަލާތަކުގައި 22 ކުޑަކުދިން ހިމެނޭ ގޮތަށް 50 މީހުން ޝަހީދުވެފައިވާ ކަމަށް ހޮސްޕިޓަލްތަކާއި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
މި ހަމަލާތައް ދީފައިވަނީ ހަމާސްއިން ހޯމަ ދުވަހު ސަހްޔޫނީ-އެމެރިކާ ރަހީނެއް ދޫކޮށްލުމާ ގުޅިގެން ކަމަށާއި އެއީ ބައެއް މީހުން ހީކުރި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ ބިންގާ އެޅިދާނެ އިޝާރާތެއް ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފް ގައުމުތަކަށް ކުރެއްވި އެތައް ދުވަހެއްގެ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް ޒިޔާރަތް ކުރެއްވި ދުވަސް ވަރެވެ.
ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ އެ ހަމަލާތަކާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
އެއީ ރޮކެޓް ލޯންޗަރުތައް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ހުރި ހަނގުރާމަވެރި އިންފްރާސްޓްރަކްޗާ ތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ ދަންވަރު ޖަބަލިއާގެ ރައްޔިތުންނަށް އިންޒާރު ދީފަ އެވެ.
ޖަބަލިއާގައި ސަލާމަތީ މަސައްކަތްތެރިން ވަނީ ފޯނުގެ އަލިން އަލިކޮށްފައިވާ އަތް އާލާތްތައް ބޭނުންކޮށްގެން ވެއްޓިފައިވާ ކޮންކްރީޓް ސްލެބްތައް ތަޅާލުމަށްފަހު ކުޑަކުދިންގެ ހަށިގަނޑު ނަގައިފަ އެވެ.