ޖަބަލިއާއަށް ސަހްޔޫނީން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑު އުފުލާ ޓްރަކެއް މީހުން ވަށާލައިފައި / އޭއެފްޕީ
ދުނިޔެ
ނަކްބާއަށް 77 އަހަރު ވި ދުވަހު ސަހްޔޫނީން ދިން ހަމަލާތަކުގައި 82 މީހުން ޝަހީދު
Hussain Nawaf
ހުސައިން ނަވާފް
15 މޭ 2025

ސަހްޔޫނީން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 82 މީހުން ޝަހީދުކޮށްލިކަން މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

މި ހަމަލާތައް ކުރިއަށް ގެންގޮސްފައިވަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ދުވަސްވަރު ޒަޔަނިސްޓް ޕެރަމިލިޓަރީ ޖަމާއަތްތަކުން 750،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ގަދަކަމުން ފޮނުވާލި ކާރިސާ ނުވަތަ ނަކްބާއަށް 77 އަހަރު މިއަދު ފުރޭ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި ބުދަ ދުވަހުގެ ރޭގަނޑާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް 57 މީހުން ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ މެޑިކަލް ސްޓާފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ.

ސަހްޔޫނީ ސިފައިން ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ހިފާފައިވާ ހުޅަނގު އައްސޭރި ހުރަސްކޮށް އާ ރޭޑްތަކެއް ފަށައި، ޓޫބާސް، ނަބްލޫސް، ބެތްލެހައީމް އަދި ޑޫރާ ފަދަ ސިޓީތަކާއި ރެފިއުޖީ ކޭމްޕްތަކަށް ވަދެފައެވެ. ގަ

ލަންޑިޔާ، ޔައުބާދު، ފައްވާރު އަދި އަސްކަރު ކޭމްޕްތަކުގައި ދިރިއުޅޭ މީހުން ވެސް ވަނީ ގެދޮރު ފާސްކުރުމާއި ހައްޔަރުކުރިކަމަަށް އެކި މަސްދަރުތަކުގައިވަނީ ރިޕޯޓު ކޮށްފައެވެ.

ނަކްބާއަށް 77 އަހަރު މިއަދު ފުރުނު އިރު ސަހްޔޫނީންގެ ގްރައުންޑް އޮޕަރޭޝަންތައް ފުޅާ ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ނަކްބާ ދުވަހު ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް ވެސް ހަމަލާތަކެއް ދެމުންދާއިރު، ފަލަސްތީނުގެ ރައްޔިތުން ދަނީ އެމީހުންގެ ވަޒަނުގެ އެއްވެސް ބައެއް އޮތް ގޮތަކަށް އަނބުރާ ލިބޭނެތޯ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved