March 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގެތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް ޔާމީންގެ ޗެލެންޖެއް ރައީސް މުއިއްޒަށް!

Mariyam Isaadha
މަރިޔަމް އިސާދާ
May 16, 2025, 09:07 PM
މާލެ ސިޓީ

ރައްޔިތުންްގެ ތައީދު ސަރުކާރުން ކުރާ ހުރިހާ ކަމަކަށް އެބަ އޮތް ކަމަށް ސަރުކާރުގެ ވެރިން ހާމަކުރަމުން ދާތީ، ހަގީގަތުގައި މި ސަރުކާރަށް މިހާރު ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓަކަށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު މުއިއްޒުއަށް ޗެލެންޖު ކުރައްވައިފިއެވެ.

Advertisement

ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނާ އަދި ސަރުކާރު ޕްރޮމޯޓު ކުރާ މީހުން ވެސް އެންމެ ބޮޑަށް މެޑަލް ޖަހާ ކަމަކީ މި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ކަމަށް ކަމަށާ އެހެން ނަމަވެސް އެކަން އޮތީ އެހެން ނޫންކަން، މިހާރުވެސް ރިކޯލު ވޯޓެއް ނަގައިފި ހާމަވާނެ ކަމަށެވެ.

އެގޮތުން ޖުޑިޝިއަރީއަށް ފޯރުވަމުންދާ ނުފޫޒުގެ ސަބަބުންނާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ފާސްކޮށް ތަސްދީގުކުރި ބިލާ ގުޅިގެން ރައްޔިތުންގެ ރިކޯލު ވޯޓަކަށް އެހުމަކަށް ރައީސް ޔާމީން ވަނީ ރައީސް މުއިއްޒަށް ޗެލެންޖް ކުރައްވާފައެވެ.

މުއިއްޒަށް ކެރިވަޑައިގަންނަވަންޏާ އަދި މި ބޭފުޅުން މި ދައްކަވާ ވާހަކަ އެއްވެސް ވަރަކަށް ރައްޔިތުންނަށް ސާބިތުކޮށްދެއްވަން ބޭނުންފުޅޫ ވަންޏާ ރައްޔިތުންގެ އަޑު އަހާލަން ވަޑައިގަންނަވަންވީ ނޫންތޯ ރައްޔިތުންނާ ހަމައަށް. އަޅުގަޑު ޗެލެންޖްކޮށްލާފައި މި ދަންނަވަނީ މުއިއްޒު ވަޑައިގެންބައްލަވާ ރިކޯލް ވޯޓަކަށް. ރައްޔިތުންގެ ކިހާ ތާއީދެއް އޮތްތޯ ބަލަން.

ރައީސް ޔާމީން

މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ސަރުކާރުގެ ހުރިހާ ކަމެއްހެން ވަނީ ބޮއްސުންލާފައިކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved