March 27, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓިއްޖެ: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 17, 2025, 10:13 PM
މާލެ ސިޓީ

ދިވެހި ފައިސާގެ އަގު މިއަދު ވަނީ އިންތިހާއަށް ވެއްޓިއްޓިފައި ކަމުގައި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭގެ ޕީއެންއެފްގެ ޖަލްސާގެ ޕޯޑިއަމްގައި ވާހަގަ ދައްކަވަމުން މަލީހު ވިދާޅުވީ ވިޔަފާރިވެރިން ގިނަ މުދާތައް ރާއްޖެ އެތެރެ ކުރަނީ ބޭރުޤައުމު ތަކުން ކަމަށް ވާއިރު ދިވެހި ފައިސާގެ އަގު އިންތިހާއްށް ވެއްޓިފައި ވާތީ ވިޔަފާރިވެރިންގެ ގިނަ ގުދަންތައް މިއަދު ހުންނަނީ ހުހަށްކަމުގައެވެ.

މީގެ ކުރިން ފަނަރަސަތޭކަ ރުފިޔާ އަށް ލިބޭ އެއްޗެއްމިހާރަކު ނުލިބޭކަމަށާއި އޭގެއިން ވެސް ދޭހަވަނީ ދިވެހި ރުފިޔާގެ އަގުވެއްޓިފައިވާ މިންވަރުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މިއާއި އެކު ރާއްޖޭގެ ވިޔަފާރިވެރިން ނަށް ޑޮލަރު ލިބުން ވެސް ވަނީ ވަރަށް ދަތިވެފަކަމަކަށް ވެފައިކަން ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގެ އިޤްތިސާދު ނެތެމުން ދާ ކަމަަށާއި ކުރިއަަށް އޮތް ތިން މަސް ދުވަހަށް ވެސް ރިސޯޓް ތަކުގެ އޮކިއުޕެންސީ ވަނީ އިންތިހާއަށް ދަށްވެފައިކަން އެމަނިުފާނުވަނީ ފާހަގަ ކޮށް ފައެވެ.

ޑޮލަރު، ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަ ކުންނާއި ޓްރެވަލް އެޖެންސީން ބްލެކްމާކެޓުގައި ހޯދާގެން ސަރުކާރަށް މާރުކޮށްފައި ބެންކަށް މާރު ކޮށްފަ މީ މިއަދުގެ ހާލަތަކީ ޑޮލަރު ނުލިބޭތާގައި މުދާ ރާއްޖެއަކަށް ނުގެނެވޭނެ.

މަލީހް

މިފަދަ އިޤްތިސާދީ ދަތި ދަނޑިވަޅެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރާނެ އެންމެ މޮޔަކަމަކީ އަންނަ ފަސެން ޖަރުން އަތުން އިތުރު ޓެކްސް އެއް އެޔާޕޯޓަށް ނެގުން ކަމުގައި ވެސް އެބޭފުޅާވަނީ ވިދާޅުވެފައެވެ.

އާމުގޮތެއްގައި އޮފް ސީޒަންގައި ދިވެހިރާއްޖެ އަންނަ ފަތުރުވެރިންނަކީ ބަޖެޓު މީހުން ކަމިގައި ވާއިރު އެއާޕޯޓުން އިތުރު ޓެކްސް އެއް ނެގުމަކީ ފަތުރުވެރިކަމަށް އޮތް ހުރަހެއް ކަމުގައިވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރައިސް ޑރ މުހައްމަދު މުއިޒު ވިދާޅުވެފައި ވާގޮތުގައި ދިވެހި ވިޔަފާރަވެރިން ބެންކަށް ޑޮލަރު މާރުކުރުމުން ޑޮލަރު ލިބޭނެ ކަމުގައި ބުނި ނަމަވެސް ކުރީގައި ވިޔަފާރަވެރިންނަށް ޑޮލަރު ލިބުނު ގޮތަކަށް ވެސް ޑޮލަރު ނުލިބޭކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved