މިއަދު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގައުމުގެ އިގްތިސޯދު ވަޅުޖެހި ފަސްލަންވެފައި އޮތުން ކަމަށް ވާއިރު ގައުމުގެ އިގްތިސޯދުގައި އެންމެ ބޮޑު ބައެއް ހިއްސާކުރާ މަސްވެރިން މިއަދު ތިބީ މާޔޫސްކަން މަތީ ހަދާނެ ގޮތް ހުސްވެފައެވެ. އެގޮތުން އެމީހުންގެ އާއިލާތަކަށްގެ ޒަރޫރީ ބޭނުންތައްވެސް ފުއްދޭނެ ހާ މިންވަރު ވެސް މިއަދު އަތުގައި ނެތް ކަން ހާމަވަމުންދާއިރު ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަށް ގައުމު ފަޒާ ގުގުމަނީ މަސްވެރިންގެ އާދޭހާ ރުޅިވެރިކަމާ މާޔޫސްކަމުގެ ހިތްދަތި އިހުސާސުތަކުންނެވެ.
މަސްވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސޯދު ނެގެހެއްޓުމުގައި އެންމެ ބޮޑު އެއް ހިއްސާދާރޭ ދެންެނެވުމުން އެއީ ދޮގަކަށް ނުވާނެއެވެ. ދިވެހި މަސްވެރިންނަކީ، ދޭހާ އައްވަކާއި ވެހޭހާ ވާރޭގެ ތެރޭގައި މާސިންގާ ރާޅުތަކުގެ ތެރޭގައި ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނެވެ. 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަނުން ދިޔައީ މަސްވެރިންގެ ލޮލުގައިވެސް ބާނާ މަސްކޮޅަށް ހަމައަގު ޑޮލަރުން ދޭނެކަމަށް ބުނެ އަނދުން އަޅުވަމުންނެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމާއި ހަމައިން އެ ވައުދުގެ މަތިން ހަނދާން ނައްތާލާފައިވާއިރު، މިއަދު މިގައުމު ތަހަންމަލް ކުރަމުން މިދާ އިގްތިސޯދީ ކާރިސާގެ ވަގުތުގައިވެސް އެ މަސްވެރިންނާއި މެދު އިހުމާލުވަމުންދާކަން ގިނަ މަސްވެރިން ދަނީ ހިތާމަޔާއެކު ފާހަގަކުރަމުންނެވެ.
ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއް އޮތްއިރު ކުރިއަށް އޮތީ ރަމަޟާން މަހެވެ. ގޭގައި ބޭނުންކުރަން ޖެހޭ ޒަރޫރޫ ކަންކަން ވެސް ނުވެ މަސްވެރިންނަށް އަބަދު މިޖެހެނީ ކާން ބޯން ކުރާ މަސައްކަތްވޗެސް ދޫކޮށްލާ އިހުތިޖާޖަށް ނުކުންނަންށެވެ.
ކަރަންޓާ ފެނާ އިންޓަރނެޓު ފަދަ ކަންކމުގެ ބިލުތައް ނުދެއްކި ހިދުމަތްތައް ގެއިން ކަނޑާލުމުން ދެން ހަނދާނެ ގޮތް ހުސްވެ އެ މަސްވެރިންނަށް ކޮންމެ ފަހަރަކު މިޖެހެނީ ކަރުން ނާރު ފުއްޕާވަރަށް ހައްގުތައް ހޯދަން ކަށާވަރު ކުރަން ނުކުންނަންށެވެ.
މަސްވެރިންނަކީ އެމީހުންނަށް ލިބޭ އާމްދަނީގެ މައްޗަށް މުޅި އާއިލާގެ ކެއުމާއި ބުއިމާ، ދިރިއުޅުމުގެ އެހިނެހެން ހުރިހާކަމެއް ބަރޯސާވެފައިވާ އާއިލާތަކެއްކަމުގައި ވުމުން ޚާއްސަކޮށް މި ދަނޑިވަޅުގައި މަސްވެރިންގެ ހައްގަށް އަރައިގަތުމަކީ އެ އާއިލާތަކަށް އިންތިހާއަށް ދަތިވާނެ ކަމެއްކަމުގައި އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް އައި ސަރުކާރުން އެ މަސްވެރިންނަށް މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމަކީ، އިންސާނިއްޔަތާއި ޚިލާފުކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެބޭފުޅުން ކުރާ ބުރަ މަސައްކަތަށް ފައިސާނުދީ، ހުސްއަތާ ފޮނުވާލުމަކީ އެ އާއިލާތަށް މިހާލަތުން އިތުރަށް ބިކަވެގެންދާނެކަމެކެވެ. އަދި ކުރިއަށް އޮތީ ރޯދަމަސްކަމުގައި ވުމުން، މަސްވެރިންނަށް އާމްދަނީ ނުލިބޭކަމުގައި ވާނަމަ، މަސްވެރި އާއިލާތަށް އިތުރަށް ބިކަވެ ހާލުގައި ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ގިނަ މަސްވެރިންދަނީ ފާހަގަކުރަމުންންވެ. އަދި އެމީހުންގެ ހައްގު ވީ އަވަހަކަށް ދިނުމަށް ސަރުކާރަށް ދަންނަވަމުންނެވެ.
މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް އައި ސަރުކާރުން އެ މަސްވެރިންނަށް މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމަކީ، އިންސާނިއްޔަތާއި ޚިލާފުކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެބޭފުޅުން ކުރާ ބުރަ މަސައްކަތަށް ފައިސާނުދީ، ހުސްއަތާ ފޮނުވާލުމަކީ އެ އާއިލާތަށް މިހާލަތުން އިތުރަށް ބިކަވެގެންދާނެކަމެކެވެ. އަދި ކުރިއަށް އޮތީ ރޯދަމަސްކަމުގައި ވުމުން، މަސްވެރިންނަށް އާމްދަނީ ނުލިބޭކަމުގައި ވާނަމަ، މަސްވެރި އާއިލާތައް އިތުރަށް ބިކަވެ ހާލުގައި ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ގިނަ މަސްވެރިންދަނީ ފާހަގަކުރަމުންނެވެ. އަދި އެމީހުންގެ ހައްގު ވީ އަވަހަކަށް ދިނުމަށް ސަރުކާރަށް ދަންނަވަމުންނެވެ.
މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ އެއް ތަނބެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެވެ. މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ. ނަމަވެސް އެ ލޭނާރު ބަލަަހައްޓައި ތަރައްގީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކުޅެދުމުން އެކަންކަން ބަދަލުކުރުމަށް މަސްވެރިންނާ އެވެރިންގެ އާއިލާތަކުންވެސް ނުހަނު މަސައްކަތްކޮށްގެން ގެނައި ސަރުކާރަކުންވެސް އެ އިހުމާލު ތަކުރާރުކުރުމަކީ ކޮން ބަޔަކަށް ބަލައިގަނެވޭނެކަމެއްބާއެެވެ؟. މަސްވެރިން ބާނާ މަހަށް މިއަދު ފައިސާއެއް ނުލިބެއެވެ. މަސްވެރިންގެ އަތުން ސަރުކާރުން ގަންނަ މަހަށް ފައިސާ ނުލިބި މަސް ދެމަސް ވެގެންދާއިރު، މަސްވެރި އާއިލާތައް ވަނީ ބިކަވެ ނިކަމެތިވެފައެވެ. އަތްވަކަށް ވާރޭއަކަށް ބެލުމެއް ނެތި، ރެއާ ދުވާލު ލޯބޯ ފިއްސައިގެން ކުރާ ބުރަ މަސައްކަތުން މަސްވެރިންނަށް ހައްގުވާ މިންވަރަކީ މިއީތޯއެވެ؟
ކޮންމެ ސަރުކާރެއްގައިވެސް ކުރާ މަސައްކަތުގެ އުޖޫރަ ހޯދަން އިހުތިޖޖުކުރުމަކީ މަސްވެރިންނަށް ހަމަ ހައްގު މިންވަރު ތޯއެވެ؟