

ސަހްޔޫނިގެ އަސްކަރިއްޔާއިން ވަނީ ހަމާސް ބަލިކޮށް، ޣައްޒާގައި ރަހީނުކޮށްގެން ތިބުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ބޮޑު ހަމަލާއެއް ފަށާނެކަން އިއުލާންކޮށްފި އެވެ.
ސަހްޔޫނިގެ ޑިފެންސް ފޯސަސް އިން އެބައި މީހުންގެ ހިބްރީ އެކްސް އެކައުންޓުގައި ބުނެފައި ވަނީ ސްޓްރިޕްގެ ސްޓްރެޓެޖިކް އޭރިއާތައް އަތުލުމަށް އޮޕަރޭޝަން ގިޑިއަންސް ޗެރިއޮޓްސް އަށް ސިފައިން އެއްކޮށްފައިވާ ކަމަށެވެ.
ހަމާސް އިން ހިންގާ ސިވިލް ޑިފެންސް އިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ސަހްޔޫނިންއިން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 250 މީހުން މަރުވެފައިވާއިރު، ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ 58 މީހަކުއެއް ރޭ މައްޗަށްވެސް މަރުވެފައިވާ ކަމަށެވެ.
ސަހްޔޫނިންއިން ވަނީ ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅިގެން ދިޔަ ފަހުން މާޗް މަހު އެ ސްޓްރިޕްގައި އެހީގެ ބްލޮކޭޑެއް ޖަހާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ ޣައްޒާގައި ގިނަ ބަޔަކު ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ.
ހިބްރީ އެކްސް އެކައުންޓުގައި ބުނެފައި ވާގޮތުގައި، ހަމާސް އިން ދެން ނުރައްކަލަކަށް ނުވެ، އެބައިމީހުންގެ ހުރިހާ ރަހީނުން ގެއަށް ނުދާހާ ހިނދަކު، އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށެވެ، އަދި 24 ގަޑިއިރުގެ ތެރޭގައި މުޅި ޣައްޒާގައި 150 އަށް ވުރެ ގިނަ ޓެރަރިސްޓް ހަމަލާއަށް އަމާޒު ޖަހާފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފެށުމަށާއި ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވި ނަމަވެސް ސަހްޔޫނީ ވަނީ ބޮން ގޮއްވާލުން ވަރުގަދަކޮށް، ބޯޑަރުގައި އާމަރީ ފޯސްތައް ބިނާކޮށްފަ އެވެ.
ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން ހުރި ކަމަށް ބުނާ ވާހަކަތައް ސަހްޔޫނިންގެ ސަރުކާރުން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.
ސަހްޔޫނީން ވަނީ 7 އޮކްޓޯބަރު 2023 ގައި އެ ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާގެ ރައްދުދީ ހަމާސް ނައްތާލުމަށް އަސްކަރީ ކެމްޕޭނެއް ފަށާފަ އެވެ. ހަމާސްއިން މިހާރުވެސް 58 މީހުން ރަހީނުކޮށްފައިވެ އެވެ.
އޭގެ ފަހުން ޣައްޒާގައި 54،000 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނެ އެވެ.