އޮޅުހިޔާގައި ބަލަހައްޓާ ބުޅާ ތަކަށް ސަރުކާރުން ކުރާ ހަރަދާއި ގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ސަރުކާރަށް ލިބިއްޖެ އެވެ.
ބުޅާ ބަލަހައްޓާ މަރުކަޒު، "އޮޅުހިޔާ" ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިފަހުން ވަނީ މަޖިލީހުގައި ވިދާޅުވެފައި އެވެ.
މިކަމުގެ ތަފްސީލު ދެެއްވަމުން މިނިސްޓަރު ވިދާޅުވީ އޮޅުހިޔާއަށް ބުޅާތަކެއް ގެންދިޔުމަކީ އަދި ހައްލެއް ނޫން ކަމަށާއި އެތަނަކީ އެތަކެއްޗަށް އޯގާތެރިކަމާ އެކު އަޅާލެވޭނޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. މާރިޔާ ވިދާޅުވީ މިވަގުތު އެތަނުގައި ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމަށެވެ.
އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ހަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންނަށް ޖަވާބުދެއްވަމުން މިނިސްޓަރު، މާރިޔާ އިތުރަށް ވިދާޅުވީ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"[އެއީ]އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
މި ތަފްސީލު ތަކާއި އެކު ޖަނަވާރުތަކަށް ސަރުކާރުން ކުރާ ހަރަދާއި ގުޅިގެން ޝުއޫރު ފާޅުކުރި މީހަކު މަޖާޒީ ގޮތުން ބުނީ "ޖަނަވާރުން" ޖަނަވާރުންނަށް ހެޔޮ ވެދާނެ ކަމަށެވެ.
އިތުރު މީހަކު ބުނީ ދިވެހީންގެ ރާއްޖެ ތަފާތު ވާނެ ކަމަށެވެ. އެހެން މީހަކު ބުނީ މި ސަރުކާރުގައި އުޅެންވީ ބުޅާ ކަމަށެވެ.
ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ވެސް ވަނީ ބުޅަލަށް ސަރުކާރުން ކުރާ ހޭދައިގެ ބަހުސްގެ ތެރެއަށް ކޮމެންޓް ކޮށްފައި އެވެ. މޮގާ ބުނީ މަހަކު އެކަނިވެރި މަޔަކަށް 2000 ރުފިޔާ، އެކަނިވެރި ބުޅަލަކަށް 5416 ރުފިޔާ ކަމަށެވެ.
މޮގާގެ އެފްބީގެ އެ ޕޯސްޓަށް ގިނަބަޔު ވަނީ ކޮމެންޓް ވެސް ކޮށްފައި އެވެ. ފިލްމުތަކުން ފެންނަ މަޝްހޫރު ތަރި އަހުމަދު ސައީދު ކުރި ކޮމެންޓެއްގައި ބުނީ "ސަޅި ދޯ" އެވެ.
މޮގާގެ ޕޯސްޓް 500 އާއި ގާތް ކުރާ މީހުން ވަނީ ޝެއާވެސް ކޮށްފަ އެވެ.
މި ކަމާއި ގުޅިގެން ހިޔާލު ފާޅުކުރި އެހެން މީހަކު ބުނީ މިހާ ބޮޑު ހަރަދެއްކޮށްގެން ތިޔަ ބުޅާތައް ތިޔަގޮތަށް ބެލެހެއްޓުމަށްވުރެ އެސޮރުމެންގެ ގުދުރަތީ ވެއްޓަކަށް، އާންމުއުނދަގުލަކަށް ނުވާނެ ގޮތަކަށް ދޫކޮށްލުން މާރަނގަޅުވާނެ ކަމަށެވެ.
އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ. އެތަން އެޅީ މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި އެ ކައުންސިލުގެ މުވައްޒަފުންނެވެ.
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި ބަލަހައްޓާ ބުޅަލުގެ އަދަދަށް ވުރެ، އެތަން ބަލަހައްޓާ އެގްރިކަލްޗާ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަކަން ވެސް މިފަހުން ވަނީ ހާމަވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލުގެ ޖަވާބުގައި އެގްރިކަލްޗާ މިނިސްޓަރު މަރްޔަމް މާރިޔާ ވިދާޅުވީ އޮޅުހިޔާގައި މި ވަގުތު ގެންގުޅެމުން ދަނީ 30 ބުޅާ ކަމަށާއި އަދި އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 48 ކަމަށެވެ.
އޮޅުހިޔާ ހުޅުވައިގެން އެތައް މަހެއް ވެގެން ދިޔައިރު މާލޭގެ މަގުތަކުން ބުޅާތައް ނަގައިގެން ނުގެންދާތީވެ އެކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
[އެއީ]އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،