ސަރުކާރު ހިންގާ ބޭފުޅުން، މި ވެރިން ބުނަނީ މަސްވެރިން އަދި ދަނޑުވެރިން ހިމެނޭހެން ވިޔަފާރިތަކަށް 2.78 ބިލިޔަން ރުފިޔާ ދޫކުރި ކަމަށް / ފޭސްބުކް
ހަބަރު, ވިޔަފާރި
ކޮބާ ލިބުނުތަ.؟ ކުދި ވިޔަފާރިތަކަށް 2.78 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފި ޔޯލަ..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 މޭ 2025
މާލެ ސިޓީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ރައްޔިތުންނަށް ބިލިއަނުން ފައިސާ ދޫކޮށްފަ ވާނެ ކަަމަށް ސަރުކާރުން ބުނެފި އެވެ.

އެސްޑީއެފްސީގެ ހަވަނަ އަހަރީ އާންމު ޖަލްސާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނި 2.78 ބިލިއަން ރުފިޔާ އެ ބޭންކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

ދޫކޮށްފައިވާ ލޯންތަކުގެ ތެރޭގައި ހިމެނެނީ ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާއާއި، އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.045 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން އެސްޑީއެފްސީގެ އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯއިން ލޯނު ދޫކޮށްފައިވާ ސިނާއަތްތަކަށް ބަލާއިރު، އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެއީ 647 މިލިޔަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާރސް ދާއިރާގައި މަސައްކަތްކުރަމުންދާ ވިޔަފާރިތަކަށެވެ. އެއީ މުޅި ޖުމްލަ 230 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ބެހޭ ދާއިރާއަށްވެސްވަނީ ލޯނު ދޫކޮށްފަ އެވެ.

މިކަމާއި ގުޅިގެން މިހާރު އުފެދޭ ސުވާލަކީ ސަރުކާރުން މި ބުނާ 2.78 ބިލިއަން ރުފިޔާ ލިބުނު މަސްވެރިއެއް ދަނޑުވެރިއެއް އެބަހުރި ހެއްޔެވެ.؟

2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީ އުފެއްދި މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved