April 17, 2026
Advertisement
ސަހްޔޫނީންގެ އަސްކަރީ އުޅަނދެއް ގާޒާގައި
ސަހްޔޫނީންގެ އަސްކަރީ އުޅަނދެއް ގާޒާގައި / އަނަޑޮލު އަޖަންސި

ހަމާސް އާއި ސަހްޔޫނީންގެ ދެމެދު ނުސީދާ މަޝްވަރާތައް ހޮނިހިރު ދުވަހު އަލުން ފަށައިފި

Hussain Nawaf
ހުސައިން ނަވާފް
May 18, 2025, 08:45 PM

ހަމާސް އާއި ސަހްޔޫނީންގެ ދެމެދު ނުސީދާ މަޝްވަރާތައް ހޮނިހިރު ދުވަހު އަލުން ފެށީ ގަތަރުގެ ވެރިރަށް ދޯހާގައި ކަމަށް ހަމާސްގެ އިސް އޮފިޝަލް މަހްމޫދު މަރްދާވީ ވިދާޅުވެއްޖެ އެވެ.

Advertisement

މަރްދާވީ ވިދާޅުވީ މި މަޝްވަރާތައް ކުރިއަށް ގެންދަނީ ގަތަރާއި އެމެރިކާގެ މެދުވެރިކަމުގެ ދަށުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނު ބަދަލުކުރުމުގެ އެއްބަސްވުމެއް ފައިނަލް ކުރުމުގެ މަސައްކަތެއް ކަމަށާއި އަދި އެއީ ޝަރުތަކާ ނުލައި ކަމަށެވެ.

ހަމާސްއާ ގާތް މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ޝިންހުއާއަށް ބުނީ މި މަޝްވަރާތައް ބިނާވެފައިވަނީ މެދުއިރުމައްޗަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހެޅުއްވި ހުށަހެޅުމެއްގެ މައްޗަށް ކަމަށާއި އެ ހުށަހެޅުމަށް ހަމާސް އިން ވަނީ ވަރަށް ބޮޑަށް އިސްލާހު ގެނެސްފައެވެ.

މަސްދަރު ބުނި ގޮތުގައި ޣައްޒާގައި މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ބުރުގައި އެމެރިކާއިން ފޯރުކޮށްދިން ޔަގީން ކަންތައްތަކަކީ އެއަށްވުރެ ސީރިއަސް ގެރެންޓީތަކެއް ކަމަށާއި އޭގެ ތެރޭގައި އެއްބަސްވުމެއްގެ ޝަރުތުތައް ތަންފީޒު ކުރުމަށް ސާފު ވައުދުތަކެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ސަހްޔޫނީންގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ ހަމާސްއާއެކު މަޝްވަރާތައް އަލުން ފެށޭކަން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved