March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން މަޖިލިސް ސިފަކުރެއްވީ ރައީސް މުއިއްޒުގެ އޮޅު ހިޔާގެ ގޮތުގައި!

Mariyam Isaadha
މަރިޔަމް އިސާދާ
May 19, 2025, 02:38 AM
މާލެ ސިޓީ

މިއަދުގެ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުހައްމަދު މުއިއްޒު ކާންދީ އޮޅުކޮށްގެން ގެންގުޅޭ މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުޑީޝީއަރީ ނުފޫޒު ފޯރުވާ ރައީސް މުއިއްޒު ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވަކިކުރި ކުރުމުގައި މަޖިލީހުން ގާނޫނުތަކާ ގަވާއިދުތައް ހުއްޓާ އަމަލުކޮށްފައިވަނީ ޣައިރު ގާނޫނު ގޮތްތަކަށް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ހިތްޕުޅާވާ ގޮތަށް ފަނޑިޔާރުން ވަކިކުރި ނަމަވެސް ގާނޫނުން އެ ފަނޑިޔާރުންނަށް ލިއްބައިދޭ ހައްގުތަކުން މަހްރޫމުކުރުމަށް ފަހު ފަނޑިޔާރުކަމުން ވަކިކުރީ ރައީސް މުއިއްޒު ރުއްސުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަކީ މިއަދު ރައީސް މުއިއްޒު ގެންގުޅޭ އޮޅު މެމްބަރުންތަކެއް ތިބި ހިޔާއެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އޮޅު ހިޔާގައި ކާންދީ ބޮޑު ކުރާ މެމްބަރުންނަށް މިއަދު ރައްޔިތުންގެ ހައްގުތައް މުހިއްމު ނޫންކަން މަންޒަރުތަކުން ފެންނަމުންދާ ކަމަށާ އެއީ ހިތާމެރި މަންޒަރެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުގެއަށް ދޭ ހަމަލާތަކަކީ ފަނޑިޔާރުންގެ ކްރެޑިބިލިޓީ ވެސް ނެތުމާއެކު އަމާޒުވެގެން ދާ ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved