March 10, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖޭގައި މިއަދު ނެތީ ގުޑް ގަވަނަންސް: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
May 19, 2025, 04:12 AM

ރާއްޖޭގައި މިއަދު ނެތީ ގުޑް ގަވަނަންސްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އުޅެނީ ގާނޫނޫގެ އުނިކަމެއް ނޫންކަމާއި މިއަދު އުޅެނީ މީހުންގެ އުނިކަމެއްކަމަށް ރައީސް ޔާމީން ސިފަ ކުރެއްވިއެވެ.

އެގޮތުން ވެރިކަން ކުރާ މީހުން ގުޑް ގަވަނަންސްގެ ނިޒާމަށް ނުފަރިތަކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

މިއަދު ވެރިކަން ކުރަނީ ސިވިލް އިންޖިނީއަރ އެއް. ގަވާނަންސްގެ ކަންކަމަށް އެހާ ފަރިތަފުޅެއް ނުވާނެ. ކުރީން ހުންނެވީ އިބްރާހީމް މުހައްމަދު ސޯލިހު. މިއީ ގަވާނަންސްގެ ކަންކަން އިނގި ވަޑައިނުގަންނަވާ ބޭފުޅެއް ނޫން. އަދި އެ ވަރުގެ އެޓެމްޕްޓެއްވެސް ނުކުރައްވާ.

ރައީސް ޔާމީން

މިއީ ޒާތީވެގެން ދައްނަވާ ވާހަކަ ނޫންކަމާއި ނަމަވެސް ރާއްޖެއަށް އޮތް މިންވަރަކީ އެއީ ތޯ އެމަނިކުފާނުވަނީ ސުވާލު އުފަދައްދަވާފައެވެ.

ނަމަވެސް ސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރ އެއް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމާއި މެމްބަރުން ތިބީ ފައިސާއަށް ވިކި ހުސްވެފައިތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved