ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޕްރޮސެކިއުޓާ ޖެހެރަލް އަކީ މަސްލަހަތު ޤާއިމް ކުރަންޖެހޭ މީހެއް: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 މޭ 2025
މާލެ ސިޓީ

ޕްރޮސެކިއުޓާ ޖެހެރަލް އަކީ މަސްލަހަތު ޤާއިމް ކުރަން ޖެހޭ މީހެއްކަމުގައި ރައިސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ރައްޔިތުންނަށް އަދުލުވެރި ވާން ޖެހޭ ބައެއް ކަމަށެވެ.

އެ މަގާމުތަކުގައި ތިއްބާވާ ބޭފުޅުންނަކީ ދައުލަތު ހިމާޔަތުގައި ހުންނަވާއިރު ހަމައެކަނި ސަރުކާރުގެ ކޮޅު ނަގަން ޖެހޭ ބައެއް ނޫން ކަމަށާއި، ރައްޔިތުންނާއި ދޭތެރޭ އަދުލުވެރި ވާން ޖެހޭނެ ބައެއް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޕްރޮސިިކިއުޓަރ ޖެނެރަލްއަކީ ރައްޔިތުންނާއި މެދު އަދުލުވެރި ވާން ޖެހޭ ބޭފުޅެއް، ޤާނޫނު އަސާސީގެ އެ މާއްދާ އަދި އެއް ފަހަރު ޕްރެސިކުޓަރ ޖެނެރަލް ވިދާޅުވެ ބައްލަވާ! ޕްރޮސެކިއުޓަރ ޖެނެރަލް ދައުލަތު ހިމާޔަތް ކުރަން ދިފާއު ކުރަން ހުންނެވި އިރު ހަމައެކަނި ސަރުކާރުގެ ކޮޅުނަގަން ޖެހޭ މީހެއް ނޫނޭ، ފުލުހުންގެ ކޮޅުނަގަން ޖެހޭ މީހެއް ނޫނޭ، މަސްލަހަތު ޤާއިމް ކުރަން ޖެހޭ މީހެކޭ އޭނައަކީ!

- ރައީސް ޔާމީން

އެޓާނީ ޖެނެރަލްގެ މަޤާމަށާއި ޕްރޮސިކުޓަރ ޖެނެރަލްގެ މަގާމަށް އަންނަން ޖެހޭނީ ކަމަށް ޤާބިލު، ފުންނާބުއުސް ބޭފުޅުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ މަޤާމުތަކަކީ ސިޔާސީ މީހުން އައްޔާން ކުރެވިގެން ނުވާނެ މަޤާމުތަކެއް ކަމާއި އެ މަޤާމުތަކަކީ އެންމެ މަތީ ފަންތީގެ މަޤާމުތަކެއް ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިފަދަ މަޤާމުތަކުގައި ތިބެން ޖެހޭ ފަރާތްތަކަކީ ވަކި ހުދޫދެއްގެ ތެރެއިން އަދުލުވެރި ކަމާއިއެކު މަސައްކަތް ކުރަން ދަންނަ ބަޔަކަށް ވާން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved