އައިޑީއެފުން ނަބްލޫސްގައި ހަރަކާތްތެރިވަނީ / އަނަޑޮލު އަޖަންސި
ދުނިޔެ
ސަހްޔޫނީންގެ އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ފަލަސްތީނުގެ 13 މީހަކު ހައްޔަރުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
21 މޭ 2025

ސަހްޔޫނީން ހުޅަނގު އައްސޭރީގައި ހޯމަ ދުވަހު ހިންގި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ފަލަސްތީނުގެ 13 މީހަކު ހައްޔަރުކޮށްފި އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިރުމަތީ ނަބްލޫސްގެ ބަލާޓާ ރެފިއުޖީ ކޭމްޕްގައި ތިބި ފަލަސްތީނުގެ ދެ ޒުވާނުންގެ ގެއަށް ވަދެ ސަހްޔޫނީންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.

ސަހްޔޫނީންގެ ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގެ ޓޫބާސްގައި ވެސް ކުރީގެ ގައިދީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރ ސޮސައިޓީގެ ލޯކަލް ޑިރެކްޓަރު ކަމާލް ބާނީ އޮޑޭވަނީ ހާމަކޮށްފައެވެ.

އުތުރުގެ ހުޅަނގު އައްސޭރީގައި އޮންނަ ޤަލްޤިލިޔާ އާއި ބެތެލްހަމްގައި ހިންގި އޮޕަރޭޝަންތަކުގައި އިތުރު ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ އިން ރިޕޯޓުކޮށްފައެވެ.

އެ ނޫސް އެޖެންސީން ބުނާ ގޮތުގައި، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ ބައެއް އާއިލާތަކުގެ ގެދޮރު އަސްކަރީ އައުޓްޕޯސްޓަކަށް ބަދަލުކުރުމަށް ސަހްޔޫނީންގެ ސިފައިންދަނީ މަސައްކަތް ކުރަމުންނެވެ.

ސަހްޔޫނީންގެ އަސްކަރީ ބުލްޑޯޒަރުތަކުން ވެސް ރަމަاﷲ ސިޓީގައި ހުރި ފަލަސްތީނުގެ ގެއެއް ތަޅާލާފައިވަނީ އިމާރާތް ކުރުމުގެ ހުއްދަ ނެތިކަމަށް ބުނެ ކަމަށްވެސް އެކި މަސްދަރުތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ސަހްޔޫނީންގެ ސިފައިންނާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 968 މީހުން ޝަހީދުވެ 7،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved