March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައްޔިތުން މިއަދު އުޅެން ދަސްކުރަން ވީ ވަގުންނާއި އެކީ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 20, 2025, 11:23 PM
މާލެ ސިޓީ

ރައްޔިތުން މިއަދު އުޅެން ދަސްކުރަންވީ ހަމައެކަނި ވާލާއި ކާޅާއި އެކީ ނޫން ކަމަށާއި ޤައުމުގެ ވެރިކަން މިހާލަތުގައި ވާނަމަ ރައްޔިތުން، ވަގުންނާއި އެކީ ވެސް އުޅެން ދަސްކުރަން ޖެހިއްޖެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުންފުނިތަކުން ވަގަށް ނަގައިފައިވާ ފައިސާއާއި ބެހޭ ގޮތުން އެކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތަހުޤީގު ކުރަން ނުކުރެވެންވީ ސަބަބެއް އޮންނަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ އޮޅުހިޔާ ފެސިލިޓީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މަޖިލީހުގެ ތެރެއިން ކުރާ ކަންކަމަކީ ރައީސް ޑރ. މުއިއްޒުގެ އެންގެވުމަށް ކުރާ ކަންތައްތައް ކަމަށާއި، ރައީސް މުއިއްޒުގެ އަމުރަށް މަޖިލީހުގެ ތެރޭގައި ކަންކަން ކުރާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ފަޒުލް ނެގި ހުރިހާ ލާރިއެއް ކާންދިނީ މިޔަރަށް ތޯ؟ މުއާޒް ރަޝީދް ނެގި ލާރީގެ އެއްބައި ކާން ދިނީ މިޔަރަކަށް ތޯ؟ މުބީން ނަގާ ލާރީގެ އެއްބައި މިކާން ދެނީ މިޔަރަކަށް ތޯ؟ މިނެގި ބިންތަކާ މި ފައިސާ ކާން ދެނީ މިޔަރަކަށް ތޯ؟ ކޮބައި ތޯ މިޔަރަކީ މިތަނުން؟ ވަގުންގެ ތެރޭގައި އިސް ސަފުގައި އިހައްރޭވެސް ޕީއެންސީގެ ޖަލްސާފައި ފަޒުލް އިންނެވީ. ހުސް ވަގުން އެތާތިބީ. އެހެންވީމަ އަޅުގަނޑުމެން އުޅެން ދަސްކުރަންވީ ހުސް ވާލާއި ކާޅާއި އެކީގައި ނޫން. ވަގުންނާ އެކީގައިވެސް އުޅެން ދަސްކުރަންވެފައި މިއޮތީ

ރައީސް ޔާމީން

ސުލްހަވެރި ޑިމޮކްރަސީއަކަށް މި ޤައުމު ގެންދަވަން ބޭނުން ވާނަމަ އޮޑިޓަރ ޖެނެރަލްގެ މަސައްކަތްތަކާއި އޭސީސީ ގެ މަސައްކަތަށް އެމަނިކުފާނުގެ ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved