March 25, 2026
Advertisement
ބާސެލޯ ނަސަންދުރާ
ބާސެލޯ ނަސަންދުރާ / ބާސެލޯ

ރައީސް ޔާމީންގެ ތަރައްގީގެ މަސްޓަރ ޕްލޭންގައި ހިމެނޭ ނަސަންދުރާ ޕެލެސް ހޮޓެލް، ބާސެލޯ ނަސަންދުރާގެ ނަމުގައި ރަސްމީކޮށް ހުޅުވައިފި

Hussain Nawaf
ހުސައިން ނަވާފް
May 20, 2025, 11:39 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ މަސްޓަރ ޕްލޭންގައި ހިމެނޭ ނަސަންދުރާ ޕެލެސް ހޮޓެލް ބާސެލޯ ނަސަންދުރާގެ ނަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

Advertisement

މިއީ މާލެ ސަރަހައްދުގއި ހުޅުވި ފުރަތަމަ 5 ތަރީގެ ހޮޓެލްއެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލުގައި 136 ކޮޓަރި ހިމެނޭއިރު، އޭގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެކެވެ. މީގެ އިތުރުން 116 މަތީ ފަންތީގެ ސާވިސް އެޕާޓްމަންޓްވެސް މި ހޮޓަލުގައި ހިމެނެއެވެ.

ކުރީގެ ނަސަންދުރަ ޕެލެސް ހޮޓެލް ބަންދުކުރިތާ 10 އަހަރު ފަހުން ހުޅުވުނު މި ހޮޓަލަކީ މާލެ ސަރަހައްދުގެ ފަތުރުވެރިކަމަށް އައު ދިރުމެއް ގެނެސްދޭނެ ތަނެއްކަމަށް އުއްމީދު ކުރެވެއެވެ.

ނަސަންދުރާ ބާސެލޯ ހުޅުވުމާއި ގުޅިގެން ރައްޔިތުންދަނީ ޝުކުރާ ސަނާ ރައީސް ޔާމީނަށް އަރިސްކުރަމުންނެވެ. ނަސަންދުރާ އިން ފެނިގެން ދިޔައީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅުގެ ސިޔާސަތެވެ.

ދިވެހިރާއްޖޭގެ ތަރައްގީއިން މިއަދު ފެނިގެންދާ ކުލަ ތަރައްގީއަކީ ރައީސް ޔާމީންގެ ބުރަ މަސައްކަތްތްޕުޅެވެ. މިކަމަށްޓަކައި ރައީސް ޔާމީނަށް ފަށް ފަށުން ޝުކުރާ ތަހާނީ ހައްގެވެ.

އަދި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއަކީ އުއްމީދަކާ އެކު މިސްރާބެއް އޮވެގެން ކުރި މަސައްކަތެއްކަން ސާފެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved