April 22, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރުން ބޮޑު ކުރި އެއާޕޯޓު ޑިޕާޗާ ޓެކްސް ވަގުތުން އުވާލުމަށް މަލީހު ގޮވާލައްވައިފި

Hussain Nawaf
ހުސައިން ނަވާފް
May 21, 2025, 11:24 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި އެއާޕޯޓު ޑިޕާޗާ ޓެކްސް ވަގުތުން އުވާލުމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން އެއަރ ލައިންތަކާއި ވާހަކަދައްކައިގެން މި ސަމަރގަ ރާއްޖެއަށް އޮޕަރޭޓްކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް މަލީހުގެ ޕޯސްޓުގައިވަނީ ފާހަގަކޮށްފަ އެވެ.

ހުޅުމާލެ ގެސްޓްހައުސްތަކުގެ އޮކިއުފަންސީ މިދުވަސްކޮޅު 10 އިންސައްތައަށްވެސް ނާރާ ކަމާއި މުޅި ރާއްޖޭގެ އޮކިއުޕަންސީ ދަށްކަމަށް ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންކަމުން މި ސަރުކާރުން ބޮޑު ކުރި އެއާޕޯޓު ޑިޕާޗާ ޓެކްސް ވަގުތުން އުވާލުމަށް މަލީހު ގޮވާލެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved