June 7, 2026
Advertisement
ބްރޯޑްކޮމް އޮފީސް
ބްރޯޑްކޮމް އޮފީސް / ފޭސްބުކް

ފުލުހުން ވަދެ ބްރޮޑްކޮމްގެ ސާވާތައް ރަނގަޅުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 22, 2025, 05:29 AM
މާލެ ސިޓީ

ބްރޯޑްކާސްޓިން ކޮމިޝަންގެ ސާވާތައް ދިވެހި ފުލުހުންގެ އެހީތެރިކަމާ އެކު ރަނގަޅުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ސާވާއަށް މައްސަލައެއް ދިމާވެ ބްރޮޑްކޮމްއިން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ދިވެހި ފުލުހުން ވަނީ އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލަ ހައްލުކުރުމަށް މިއަދު ހަވީރު އެ ކޮމިޝަނަށް ވަދެފައެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރައްވާ ފުލުހުން ވިދާޅުވީ، އެ ކޮމިޝަނަށް ވަދެފައި ވަނީ ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން ކަމަށާ އެ ކޮމިޝަނަށް ފުލުހުން ވަނީ މައްސަލައެއްގެ ތަހުގީގުގައި ނޫން ކަމަށެވެ. އަދި ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލަ ދެނެގަނެ ހައްލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބްރޮޑްކޮމްގެ ސާވާއަށް ކުއްލިއަކަށް މައްސަލައެއް ދިމާވިއިރު އެ ކޮމިޝަންގެ މުވައްޒަފުންތަކެއް ވަނީ މިއަދު މަސައްކަތް ހުއްޓާލާ ގެއަށް ވެސް ގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved